އަދުރޭ މިއަދު އޭސީސީއަށް ހާޒިރުކޮށްފި
ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އަދުރޭ އޭސީސީއަށް ހާޒިރުކޮށްފައިވަނީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.
އަދުރޭ އެ ކޮމިޝަނަށް ހާޒިރުކުރިކަން ކެލާ ދާއިރާގެ މެންބަރ އަލީ އާރިފް ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޔަގީންކޮށްދެއްވާފައެވެ.
އާރިފް ވިދާޅުވީ އެބޭފުޅާއަށް 11.00 އަށް އޭސީސީ އަށް ހާާޒިރުވުމަށް ކިޔާފައިވާކަމަށާއި އަދި އަބްދުއްރަހީމް މިހާރުވީ އޭސީސީގައިކަމަށެވެ.
މިދެބޭފުޅުންގެ މައްޗަށް ތުހުމަތުކުރަނީ ކޮން މައްސަލަތަކެއްގައި ކަމެއް އެނގިފައެއް ނެތެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް