ރައީސް ޔާމީންގެ ބޮޑު ފޮޓޯ ވައްޓާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިއްޔެ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތި ލާންޖެހުނު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގެ މާލޭގައި ބެހެއްޓިފައިވާ ބޮޑު ފޮޓޯ ވައްޓާލައިފިއެވެ.
ހެންވޭރު ލޮނުޒިޔާރަތްކޮޅުގައި ބަހައްޓާފައިވާ މި ފޮޓޯ އަކީ ގާތްގަނޑަކަށް 15 ފޫޓް ބޮޑު ފޮޓޯއެކެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި މި ފޮޓޯވައްޓާލާފައިވަނީ ވަލެއްއައްސައި ދަމައިގެންނެވެ. މިކަމުގައި 10 ވަރަކަށް ޒުވާނުން އުޅޭތަންފެނެއެވެ.
ނަމަވެސް އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގައި އެއްވެސް ހަމަ ނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް