ކެނެޑާ ޓީމްގެ ކުޅުންތެރިން އުފާފާލުކުރަނީ.. ފޮޓޯ: ސްކައި ސްޕޯޓްސް
ކެނެޑާ ޓީމްގެ ކުޅުންތެރިން އުފާފާލުކުރަނީ.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު 29 Jun 2026 | 02:17

ގަދަ 16 އިން ޖާގަހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ދެކުނު އެފްރިކާ ބަލިކޮށް ވަރލްޑްކަޕް ގަދަ 16 ގެ ޖާގަ މުބާރާތް ބާއްވާ އެއްޤައުމު ކެނެޑާއިން ހޯދައިފިއެވެ.

ނޮކްއައުޓް ބުރުގެ ފުރަތަމަ މެޗްގައި ކެނެޑާ އާއި ދެކުނު  އެފްރިކާ ބައްދަލުކުރި މިމެޗް ކެނެޑާ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކެނެޑާއަށް ކާމިޔާބުކޮށްދިނީ ފަހުވަގުތުގެ ތެރޭގައި ސްޓީވަން އެސްޓާކިއޯ އެވެ.

މެޗްގެ އޮއިވަރުދިޔަގޮތުން ގިނަ މީހުން ހީކޮށްގެން ތިބީ މިމެޗްގެ ނަތީޖާ ނެރެންޖެހޭނީ ޕެނަލްޓީއަށް ގޮސްގެންކަމަށެވެ. މެޗްގައި ދެކުނު އެފްރިކާގެ ޑިފެންސް ވަރަށް ވަރުގަދަކޮށް ފެނިގެންދިޔައިރު، ކެނެޑާގެ ހަމަލާތައް ހުއްޓުވުމުގައި ދެކުނު އެފްރިކާ ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ކެނެޑާގެ މޮއިސް ބޮމްބިޓޯ ބޮލުން ފޮނުވާލި ހަމަލާއެއް އޯބްރީ މޮޑީބާ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރިއިރު، ޖޮނަތަން ޑޭވިޑަށް ލިބުނު ރަނގަޅު ފުރުސަތެއް އެމްބެކެޒެލީ އެމްބޮކާޒީ ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކެނެޑާގެ ރިޗީ ލާރިއާ އަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ކެނެޑާއިން ޕެނަލްޓީއަކަށް އެދުނު ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކެނެޑާގެ ކޯޗު މާޝް ރެފްރީންނާ ދިމާލަށް ދިއުމުން، އޭނާ ދުރުކުރަން ޖެހުނީ އެ ޓީމުގެ ކުޅުންތެރިންނަށެވެ

މުބާރާތުގެ ކުއާޓާ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯ ނުވަތަ ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
11 Oct 2026 ކުޅިވަރު

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން، ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި

ޓްރެއިނިން ކޭމްޕް ދޫކޮށް ދިއުމުން ޕޯޗްގަލްގެ ފުޓްބޯޅަ އިދާރާއިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަގުތީގޮތުން ސަސްޕެންޑްކޮށްފިއެވެ. މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނ...

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި

ބައިނަލްއަގުވާމީ މެޗުތަކުގެ މެދުކެނޑުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވެއްޖެއެވެ. ސްޕެނިޝްލީގްގައި ރެއާލް މެޑްރިޑް ރޭ ނިކުތީ ވިޔަރެއާލްއާ ދެކޮޅަށެވެ. މިމެޗް ރެއާލު...

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
11 Oct 2026 ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާ ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑްގައި ކުޅުނު ފޯރިގަދަ މިމެޗް ނިމުނީ، 1-1 އިން އެއްވ...

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
11 Oct 2026 ކުޅިވަރު

އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާލީގްގައި ރޭ އާސެނަލް އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަހަތުން އަރައި އާސެނަލުން ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ލަނޑުތައް ފެނިގެންގ...

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
10 Oct 2026 ކުޅިވަރު

ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ދިވެހި ޕްރިމިއާލީގްގައި ރޭ ގައްދޫ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އޮޑި ކާމިޔާބުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި...

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
08 Oct 2026 ކުޅިވަރު

އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް

ކުރިއަށްއޮތް ހަފްތާގައި މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ސިޓީގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. އިނގިރޭސި މީޑިއާތަކުން ގ...