މީހެއްގެ ގަޔަށް ވަޅި ޖަހާ ޒަހަމުކޮށްލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މީހެއްގެ ގަޔަށް ވަޅި ޖަހާ ޒަހަމުކޮށްލައިފި އެވެ
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 8:35 ހާއިރު ކަމަށެވެ. ސަބުދެލިމަގު ޗާންދަލިޔާ ކައިރީގައި ހިނގި މި ހާދިސާގައި ޒަހަމުވީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާ ގަޔަށް ވަޅި ޖަހާ ޒަހަމްކޮށްލި މައްސަލަ ބަލަމުންދާ ކަމަށެވެ. އެ މީހާ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ބުންޏެވެ.
އެ މީހާގެ ގަޔަށް ވަޅި ޖެހީ ކާކު ކަމެއް އަދި ވަޅި ޖެހި ސަބަބެއް ސާފެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް