ޖޭ އިޝްހާޤް ރަޖޫ: ފޮޓޯ: ސިންމިން ޑެއިލީ ނިއުސް
ޖޭ އިޝްހާޤް ރަޖޫ: ފޮޓޯ: ސިންމިން ޑެއިލީ ނިއުސް
ދުނިޔެ 11 Mar 2026 | 14:54

ޓިކްޓޮކް ވީޑިއޯތަކުގައި ދޮގު މަޢުލޫމާތު ފެތުރި މީހަކަށް ސިންގަޕޫރުގައި ދައުވާ އުފުލައިފި

ޓިކްޓޮކް ވީޑިއޯތަކުގައި ދޮގު މަޢުލޫމާތު ފެތުރައި ނަސްލީ ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ސިންގަޕޫރުގެ 59 އަހަރުގެ ފިރިހެނަކަށް ހަ ދައުވާއެއް އުފުލައިފިއެވެ.

ޖޭ އިޝްހާޤް ރަޖޫ ނަމަކަށް ކިޔާ މި މީހާގެ މައްޗަށް އުފުލާފައިވަނީ އޮންލައިންކޮށް ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވުމުގެ ޤާނޫނު (ޕޮފްމާ) ގެ ދަށުން ތިން ދައުވާއާއި، ނަސްލީ ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ކުރުމުގެ އެއް ދައުވާއާއި، އަބުރު ގެއްލުވައިލުމުގެ ދެ ދައުވާއެވެ.

ދައުވާގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ރަޖޫ 2023 ވަނަ އަހަރުގެ ޖުލައި 17 ގައި ޕޯސްޓް ކުރި ޓިކްޓޮކް ވީޑިއޯއެއްގައި، ރައްޔިތުން ވޯޓު ލީ ގޮތް ސަރުކާރަށް ބެލޭ ކަމަށާއި އެ މީހުންނަށް އަދަބު ދެވޭ ކަމަށް ބުނެފައިވެއެވެ. އެ އަހަރުގެ އޯގަސްޓް 12 ގައި ޕޯސްޓް ކުރި އެހެން ވީޑިއޯއެއްގައި، ސެންޓްރަލް ޕްރޮވިޑެންޓް ފަންޑުގެ ފައިސާ ބޭނުންކޮށްގެން އެޗްޑީބީ ލޯނު ދެއްކި ކުޑަ އާމްދަނީ ލިބޭ އެއްވެސް މީހަކަށް ރިޓަޔާމެންޓް ސަމް ހާސިލް ނުވާ ކަމަށް ބުނެފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ އޯގަސްޓް 3 ގެ ވީޑިއޯއެއްގައި ސީނިއާ މިނިސްޓަރު ލީ ޝެން ލޫންގް، ލޫސިއެން ވޮންގް އެޓާނީ ޖެނެރަލްގެ މަޤާމަށް ޢައްޔަން ކުރެއްވީ ތިމާގެ ކަމުގެ ގުޅުމުންނާއި މަޞްލަޙަތު ފުށުއެރުމުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކައި، ލީ ގެ އަބުރު ގެއްލުވައިލާފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

2023 ގެ ވީޑިއޯތަކާ ގުޅިގެން 2024 ވަނަ އަހަރު ފުލުހުންނާއި ޕޮފްމާ އޮފީހުން ރަޖޫ އަށް 24 މަސް ދުވަހުގެ ޝަރުތު ހިމެނޭ އިންޒާރު ދީފައިވެއެވެ. ނަމަވެސް 2025 ވަނަ އަހަރުގެ އޯގަސްޓް 26 ގައި ޕޯސްޓް ކުރި ވީޑިއޯއެއްގައި، ސިންގަޕޫރު ސަރުކާރުން ޗައިނާ މެއިންލެންޑުގެ މީހުން ގެނެސް ލީޑާޝިޕް މަޤާމުތަކަށް ތައްޔާރު ކުރާ ކަމަށާއި ހަމައެކަނި ޗައިނީޒް ނަސްލުގެ ލީޑަރުން ބިނާ ކުރާ ކަމަށް ބުނެ، ޝަރުތު ހިމެނޭ އިންޒާރާ ޚިލާފުވެފައިވެއެވެ. ފުލުހުންނާއި ޕޮފްމާ އޮފީހުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޝަރުތު ހިމެނޭ އިންޒާރާ ޚިލާފުވުމުން 2023 ގެ ވީޑިއޯތަކާ ގުޅޭ ދައުވާތައް ވެސް މިހާރު އުފުލާފައިވެއެވެ.

ދޮގު މަޢުލޫމާތު ފެތުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ 50,000 ސިންގަޕޫރު ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ނުވަތަ ފަސް އަހަރާ ހަމައަށް ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. ނަސްލީ ރުޅިވެރިކަން އުފެއްދުމުގެ ކުށުގައި ތިން އަހަރާ ހަމައަށް ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އައުން އެކަށީގެންވާ އިރު، އަބުރު ގެއްލުވައިލުމުގެ ކުށުގައި ދެ އަހަރާ ހަމައަށް ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އައުން އެކަށީގެންވެއެވެ. މި މައްސަލައިގެ އަޑުއެހުމެއް އޭޕްރީލް 8 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ
23 Nov 2026 ދުނިޔެ

ތޫނިސްގައި 35 އަހަރު ވަންދެން ބާއްވާފައި އޮތް ސައްދާމްގެ ދެ މަތިންދާބޯޓު ވިއްކާލަނީ

މި ދެ ބޯޓު ވިއްކާލުމަށް ނިންމާފައިވަނީ ޖުމްލަ 1.8 މިލިއަން އެމެރިކާ ޑޮލަރަށެވެ. ފާއިތުވި 35 އަހަރު ދުވަހުވެސް މި ބޯޓުތައް އޮތީ އަނބުރާ އިރާޤަށް ނުގެންދެވި ތޫނިސްގެ ސަހަރާ ސަރަޙައްދުގައިވާ އެއާޕޯޓެއްގައެވެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން
23 Nov 2026 ދުނިޔެ

ރާއްޖެއިންވެސް ބައިވެރިވި ކޮޕް31 ސަމިޓް އެއްބަސްވުމަކާ ނުލައި ނިމުމުން ގައުމުތަކުގެ ނުރުހުން

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ކޮންފަރެންސް (ކޮޕް31)، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގައުމުތަކުގެ މެދުގައި އެކުލަވާލަން އުޅުނު މައިގަނޑު ސިޔާސީ އެއްބަސްވުމަށް އެއްބަސްނުވެވި، އާދީއްތަ ދުވަހު ނިމިއްޖެއެވެ.

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް
23 Nov 2026 ދުނިޔެ

ތަޣައްޔަރުވެފައިވާ ކޯރެއް ސާފުކުރި އިނގިރޭސިވިލާތުގެ ވަކީލަކަށް 2 އަހަރުގެ ޖަލު ހުކުމެއް

އިނގިރޭސިވިލާތުގެ ލަންޑަންގެ އިރުމަތީ ސަރަޙައްދުގައި ވަރަށް ބޮޑަށް ތަޣައްޔަރުވެ، ގޮނޑުވެފައި އޮތް ކޯރެއް އަމިއްލައަށް އިސްނަގައިގެން ސާފުކުރި ވަކީލަކު، ރަސްމީ ހުއްދައެއް ނެތި އެ މަސައްކަތް ކުރުމުގެ ސަބަބުން ދެ އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުދީފިއެވެ.

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި
23 Nov 2026 ދުނިޔެ

ބީޖޭޕީ ކެންޑިޑޭޓެއް އިންތިޚާބުން ބަލިވުމުން، ކެންޕެއިނުގައި ހަރުކުރި މަގުބައްތިތައް ނަގަން ފަށައިފި

އިންޑިއާގެ ރާޖަސްތާންގެ ޓޮންކް ޑިސްޓްރިކްޓުގައި ބޭއްވި ޕަންޗާޔަތު އިންތިޚާބުން ބީޖޭޕީގެ ކެންޑިޑޭޓަކު ބަލިވުމާ ގުޅިގެން، އެ ސަރަޙައްދުގެ މަގުތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތަކެއް ނަގަން ފަށައިފިއެވެ.