ލާމު އަތޮޅު ކައުންސިލުން އާރްޑީސީގެ އިސްވެރިންނާ ބައްދަލުވުމެއް!
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ލާމު އަތޮޅު ކައުންސިލުގެ ރައީސްއާއި އެކައުންސިލުގެ މެމްބަރުން މިއަދު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އިސްވެރިންނާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އާރްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ގެނެރަލް (ރޓ) އަލީ ޒުހައިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އާރްޑީސީއިން ލާމު އަތޮޅުގައި ހިންގަމުންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
އާރްޑީސީއިން ދަނީ ސަރުކާރާ ގުޅިގެން ރާއްޖޭގެ މަގުތައް ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލާމު އަތޮޅުގައި ވެސް ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް