ޕެރޫގެ މެޕް. ފޮޓޯ/ އަލް- ޖަޒީރާ
ޕެރޫގެ މެޕް. ފޮޓޯ/ އަލް- ޖަޒީރާ
ދުނިޔެ 16 Jun 2025 | 11:58

ޕެރޫއަށް 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

ލެޓިން އެމެރިކާގެ ޤައުމެއްކަމުގައިވާ ޕެރޫއަށް 6.1 މެގަނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ޕެރޫގެ މީޑިޔާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބިންހެލުމުގައި އެކަކު މަރުވެ 5 މީހަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. މި ބިންހެލުމުގެ އަސަރު އެޤައުމުގެ ވެރިރަށް ލީމާއަށް ވެސް ކޮށްފައިވާކަމަށް މީޑީޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބިންހެލުން އައިސްފައިވަނީ ޕެރޫ ގަޑިން ހެނދުނު 11:35 ކަން ހާއިރުއެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީއެއްގެ އިންޒާރު ދީފައެއް ނުވެއެވެ. ބިންހެލުމުގެ ސަބަބުން ޕެރޫގެ މަގުތަކާއި އެތަކެއް އިމާރާތްތަކަކަށް ގެއްލުންވެފައިވާކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޕެރޫއަށް އަހަރަކު 100 އަށް ވުރެ ގިނަ ބިންހެލުން އަންނަ ކަމަށް ވެއެވެ. އެންމެ ފަހުން ޕެރޫއަށް ބޮޑު ބިންހެލުމެއް އައިސްފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ 7.5 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް