ރަޝްފޯޑުގެ ގޯލުން އިންގްލެންޑަށް މޮޅެއް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މާކަސް ރަޝްފޯޑު ކާމިޔާބުކުރި ގޯލުން ސްވިޒަލޭންޑް އަތުން އިންގްލެންޑް ކުރިހޯދައިފި އެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލޭންޑުން ޑޮމިނޭޓްކުރިއިރު އެޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗުގެ ކުރީކޮޅު ގޯލްގެ އަރިމަތީ ދަނޑީގައިޖެހިފައިވެއެވެ.
މި މެޗުގައި އިންގްލެންޑުން ކާމިޔާބުކުރި ގޯލް، ދެވަނަ ހާފު ފެށިގެން 9 ވަނަ މިނެޓުގައި ޖަހައިދިނީ ކައިލް ވޯކާ ދިން ބޯޅައަކުން ރަޝްފޯޑް އެވެ. މިއީ އިންގްލެންޑްގެ ޤައުމީ ޓީމަށް އޭނާ ކުޅެދިން 27 ވަނަ މެޗުގައި ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.
އިންގްލެންޑުން މި މެޗަށް ނިކުތްއިރު ހޮނިހިރު ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ކުޅެ ސްޕެއިން އަތުން 2-1 އިން ބަލިވި މެޗަށް ނެރުނު ޓީމަށް 9 ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން، ޖެކް ބަޓްލޭންޑް، ގޯލް ބެލެހެއްޓިއިރު ޑިފެންސްލައިންގައި ކުޅުނީ ޖޭމްސް ޓާކޯސްކީ އާއި ހެރީ މެގުއަޔާ އެވެ. ފޯވާޑްލައިންގައި އެންމެ އިސްކޮށްހުރީ ޑެނީ ވެލްބެކްގެ އިތުރުން ރަޝްފޯޑް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް