މަޖިލީހުގެ ޖަލްސާއެއްް ބޭއްވޭނީ ކޮމެޓީތަކުގައި ހުރި މައްސަލަތައް ނިމުމުން: ޤާސިމް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ދުވަސް ކަނޑައެޅޭނީ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި މައްސަލަތައް ނިމިގެން ކަމަށް މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ޤާސިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ދުވަހެއް ހާމަކުރެއްވޭނީ ކޮމިޓީގައި ހުރި މައްސަލަތައް ނިމުމުން ނުވަތަ އިތުރު މައްސަލައެއް މަޖިލީހަށް ހުށަހެޅިގެން ކަމަށެވެ.
އެންމެ 22 މެންބަރުން ބައިވެރިވެވަޑައިގެންނެވި މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ޖިނާއީ މައްސަލަތަކުގައި އިންޑިޔާ އާއި ރާއްޖެ، އެއްގައުމުން އަނެއް ގައުމަށް އެހީވުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމާއި މެދު މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
"ކޮމިޓީތަކުން މައްސަލަތަކެއް އައުމަށްފަހުގައި މެނުވީ އަޅުގަނޑުމެނަށް ކުރެވޭނެކަމެއް މިވަގުތަކު ނެތީމަ އަޅުގަނޑު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމައިލާނަން" މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން ޤާސިމް ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ 9 ޖެހިއިރު ފެށިއިރު ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ވެސް އެންމެ ބައިގަޑި އެއްހާ އިރަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް