އެތެރޭގެ އުދުހުންތަކުގައި 100 މިލިލީޓަރަށްވުރެ ގިނައިން ދިޔާތަކެތި ނުގެންދެވޭގޮތަށް ހަދައިފި
އެތެރޭގެ އުދުހުންތަކުގައި އަތްދަބަހުގައި 100 މިލިލީޓަރަށްވުރެ ގިނަކޮށް ނުގެންދެވޭގޮތަށް ހަދައިފިއެވެ.
ދިވެހިރާއްޖޭގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން މިއަދު ވިދާޅުވީ އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެތެރޭގެ އުދުހުންތަކުގައި ދިޔާތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރ ގެންދެވޭނީ 100 އެމްއެލް، އަށް ވުރެ ގިނަ ނުކޮށް ކަމަށާއި ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރު ކަމަށެވެ.
މީގެ އިތުރުން ދަތުރު މަތީގައި ބޭނުންވާ ވަރަށް ކުޑަކުދިންގެ ދިޔާ ކާނާ އަދި ޑޮކްޓަރީ ބޭސް ގެންދެވޭނެ ކަމަށް ޑާސާ އިން ބުނެފައިވެއެވެ.
ނަމަވެސް މި ބަދަލަށް ޢަމަލުކުރަން ފަށާނެ ތާރީޚެއް ހާމަކޮށްފައިނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް