ބާރުލަމާނީ ނިޒާމެއްގައި ރާއްޖެގައިވެސް އޮންނާނީ ލަންކާގެ މިއަދުގެ ހާލަތު : ޑރ ޝަހީދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ ތާއަބަދުވެސް އޮންނާނީ މިއަދު ލަންކާއަށް ދިމާވެގެން އުޅޭގޮތް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޝަހީދު ރޭ ކުރެއްވި މިޓްވީތްގައިވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގްކުރައްވާފައެވެ.
ޑރ ޝަހީދުގެ ޓްވީޓް ނިސްބަތް ކުރައްވާފައިމިވަނީ ރިޔާސީ-ބަރުލަމާނީ ނިޒާމެއް އޮންނަ ލަންކާގައި ރައީސް މައިތިރި ޕާލާ ސިރިސޭނާ ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންގް މަގާމުން ދުރުކޮށް އެމަގާމަށް ކުރީގެ ރައީސް ރާޖަ ޕަކްސާ އައްޔަން ކުރުމާއި ގުޅިގެން ލަންކާގެ ހިގަމުންދާ ހަމަނުޖެހުންތަކަށެވެ.
ކުރީގެ ރައީސް ރާޖަ ޕަކްސަ އަށް ލަންކާރައްޔިތުން ނޫނެކޭ ބުނެފައިވަނީ ރާޖަ ޕަކްސާގެ ސަރުކާރަށް އޭރު ކުރެވުންދިޔަ ކޮރަޕްޝަންގެ ތުހުމަތުތައްފަދަ ކަންކަމުގެ ސަބަބުންނެވެ.
ދިވެހި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވާކަމަށް ދަނީ ވިދާޅުވަމުންނެވެ. އެމްޑީޕީ ވެރިކަމަށް އަތުވެއްޖެނަމަ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ އަނބުރުވާލާނެކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް