ޓްރިވެންޑްރަމަށްދާ ގިނަ ދިވެހިން ޒިޔާރަތްކުރާ ބީޖީ ހޮޓެލްގައި ރޯވެއްޖެ
އިންޑިޔާގެ ޓްރިވެންޑްރަމްއަށްދާ ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ ހޮޓަލެއް ކަމުގައިވާ ހޮޓެލް ބީީޖީގައި އަލިފާން ރޯވެއްޖެއެވެ.
ހޮޓެލް ބީޖީއަކީ ދިވެހި ކެއުން ލިބޭ ރެސްޓޯރެންޓަކާއި ދިވެހިންނަށް އަގުހެޔޮކޮށް ތިބެވޭ ރޫމްތަކާއި އެކު ތައްޔާރުކޮށްފައިވާ ތަނެކެވެ.
މައުލޫމާތު ލިިބިފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ހޮޓެލްގެ ޓެރަސްގައެވެ. މި ހާދިސާއާއި ގުޅިގެން އެތަނުން ކަަރަންޓްގެ ޚިދުމަތް މެދުކެނޑުނެވެ. އެ ހޮޓެލްގައި މި ހާދިސާ ހިނގިއިރު، އަންހެނުންނާއި ކުޑަކުދިން ހިމަނައިގެން ޖުމްލަ 80 އަށްވުރެ ގިނަ ދިވެހިން ތިބިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާއާއި ގުޅިގެން އެ ހޮޓަލުގައި ތިބި ދިވެހިންގެ ހާލު އަހުވާލު ބެލުމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްެގެ ފަރާތުން ވަނީ އެތަނަށް ގޮސްފައެވެ.
އަދި ކޮންސިއުލޭޓްގެ މުވައްޒަފުން ވަނީ އެތަނުގެ ކަރަންޓް ގްރިޑް އަނބުރާ އިޔާދަކުުރުމަށް މެނޭޖްމަންޓުން ކުރި މަސައްކަތަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް