ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭ ސަރަހައްދުގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ހަރަކާތެއްގެ ގޮތުގައި ހިމެނިގެން މިރޭ ހަވާ އެރުވުމަށް ނިންމާފައިވާކަމަށެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
ހަވާ އަރުވާނީ ހުޅުމާލޭ އިރުމަތީ ފަރާތު ބޭރުން މޫދުގައެވެ. ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރަށްކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މިރެއަކީ މޯލްޑިވްސް ފައިނޭންސް އެކްސްޕޯ ނިންމާ ރެއެވެ. އެމްއެމްއޭއިން އިންތިޒާމްކުރާ މި އެކްސްޕޯ ފަށާފައިވަނީ ބްރާސްފަތި ދުވަހުއެވެެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް