އާރުޑީސީގެ ވަޒީފާތަކަށް ހުވަދު އަތޮޅުގެ ރަށްތަކުން މީހުން ހޯދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހުވަދުއަތޮޅުގެ ރަށްތަކުގައި ހިންގާ ގިނަ އަދަދެއްގެ އުމްރާނީ މަޝްރޫޢުތަކަށް މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި އުމްރާނީ މަޝްރޫޢުތައް ސަރުކާރުން ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ކުންފުންޏަކީ އާރުޑީސީއެވެ. އެކުންފުނިން ބައެއް ރަށްތަކުގެ މަޝްރޫޢުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އިއްޔެ ވަނީ ގދ އަތޮޅުގެ 4 ރަށެއްގައި ހުންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަށް މީހުން ހޯދުމަށް އާއްމުކޮށް އިއުލާނުކޮށްފައެވެ.
އެންމެފަހުން މީހުން ހޯދުމަށް އިއުލާނުކޮށްފައިވަނީ، ގދ.މަޑަވެލި، ފިޔޯރީ، ރަތަފަންދޫ އަދި ހޯޑެއްދޫއެވެ. އާރުޑީސީން މީހުން ހޯދާ ވަޒީފާތަކުގެ ތެރޭގައި ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް އެސިސްޓެންޓުންނާއި، އިންވެންޓަރީ މެނޭޖްމަންޓް އޮފިސަރ، އިލެކްޓްރީޝަން، މޭސަން އަދި ބާބެންޑަރ ފަދަ މަގާމުތައް ހިމެނެއެވެ.
އާރުޑީސީން ވަނީ ހުވަދު އަތޮޅުގެ އިތުރުންވެސް ހައްދުންމައްޗާއި އައްޑޫސިޓީގެ އިތުރުން އުތުރުގެ އަތޮޅުތަކުގައި ކުރާ މަސައްކަތްތަކަށްވެސް މީހުން ހޯދުމަށް އިއުލާނުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް