އެޗްޕީއޭއިން މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނެއް ގައި ބުނީ މި ހަރަކާތަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، ރައްކާތެރި ގޮތުގައި ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިއީ މާލެ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ކަމާ ގުޅުން ހުރި ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތަކީ މިއަހަރުވެސް ރަމަޟާން މަސްފެށުމުގެ ކުރިން އެޗްޕީއޭއިން ކުރިއަށް ގެންދާ ޚާއްސަ އިންސްޕެކްޝަނެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް