އެފްރިކާ
އެފްރިކާ
ދުނިޔެ 24 Sep 2024 | 06:00

ސެނެގާލް ކައިރިން ދަތުރުކުރި ބޯޓެއްގައި ދެ ޑަޒަނަށް ވުރެ ގިނަ މަރުވެފައިވާ މީހުންގެ ހަށިގަނޑު ފެނިއްޖެ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ސެނެގާލްގެ ވެރިރަށް ޑަކަރްގެ އައްސޭރިފަށުން ގާތްގަނޑަކަށް 70 ކިލޯމީޓަރު ދުރުން ދަތުރުކުރަމުންދިޔަ ބޯޓެއްގެ ތެރެއިން 30 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އަސްކަރިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޯޓު އޮތްކަން ނޭވީއަށް އަންގާފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު ކަމަށާއި ވަގުތުން ޕެޓްރޯލް ބޯޓެއް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ.

އަދި ހަށިތައް ހަލާކުވުމުގެ ސަބަބުން މީހާ ދެނެގަތުމުގެ މަރުހަލާއަށް ދަތިތަކެއް ކުރިމަތިވި ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ހުޅަނގު އެފްރިކާގެ އައްސޭރިފަށުން ކެނެރީ އައިލެންޑްސް އަށް އެޓްލާންޓިކް ހިޖުރަ ކުރާ މަގަކީ އާންމުގޮތެއްގައި އެފްރިކާގެ ހިޖުރަވެރިންނާއި ސްޕެއިނަށް ދިއުމަށް މަސައްކަތް ކުރާ މީހުން ބޭނުންކުރާ މަގެވެ.

ހިޖުރަކުރުމުގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ވޯކިން ބޯޑާސް އިން މިދިޔަ ޖޫން މަހު ބުނެފައި ވަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ރެފިއުޖީން ކަނޑުމަތީގައި މަރުވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް