ސިލްކްރޯޑް މަޝްރޫއާއި ފްރީ ޓްރޭޑް އެއްބަސްވުމަށް އެއްބާރުލުން ދޭނެކަމަށް އުންމީދުކުރަން - ޗައިނާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައިވެސް ރާއްޖޭގެ ތަރައްޤީގެ ހިއްސާދާރަކަށް ވާން ބޭނުންކަމާއި ޗައިނާ ސިލްކްރޯޑް މަޝްރޫއާއި ފްރީ ޓްރޭޑް އެއްބަސްވުމަށް އިހްތިރާމް ކޮށް އެއްބާރުލުން ދޭނެކަމަށް އުއްމީދު ކުރައްވާނެކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުވަން ވިދާޅުވެއްޖެއެވެ.
ގެންގް މިހެން ވިދާޅުވެފައިވަނީ "ދަ ހިންދޫ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އަދި ރާއްޖެއާއި ޗައިނާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ދެ ޣައުމުގެ ރައްޔިތުންނަށް މަންފާ ވާ ގޮތަށް މަސައްކަތް ކުރަން ތައްޔާރަށް އޮތް ވާހަކަވެސް ގެންގް ވިދާޅުވިއެވެ.
ޗައިނާ އަކީ ރައީސް ޔާމީން ގެ ވެރިކަމުގައި ރާއްޖޭގައި ބޮޑެތި މަޝަރޫތަކެއް ކުރިއަށް ގެންގޮސް އިންވެސްޓް ކޮށްފައިވާ ޤައުމެކެވެ. އަދި ރާއްޖެ އާއި ޗައިނާ ދެމެދު މިދިޔަ އަހަރު ސެޕްޓެންބަރ މަހު ވަނީ ފްރީ ޓްރޭޑް އެގްރިމެންޓްއެއްގައި ސޮއިކޮއްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް