ދެކުނު އެފްރިކާއަށް ތާރީހީ ދުވަހެއް، ފުރަތަމަ ފަހަރަށް ވަރލްޑަކަޕް ނޮކްއައުޓަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވަރލްޑްކަޕް ނޮކްއައުޓްބުރުގެ ޖާގައެއް ފުރަތަމަ ފަހަރަށް ދެކުނު އެފްރިކާ ހޯދައިފިއެވެ.
މުބާރާތުގެ ނޮކްއައުޓްބުރުގެ ޖާގައެއް ދެކުނު އެފްރިކާ ހޯދާފައިވަނީ ގްރޫޕް އޭގައި މިއަދު ދެކުނު ކޮރެއާ އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ދެކުނު އެފްރިކާ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ. ދެކުނު ކޮރެއާއިން މެޗް ޑޮމިނޭޓް ކުރިނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާ އުފައްދާފައިވަނީ ދެކުނު އެފްރިކާއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ 63 ވަނަ މިނެޓުގައި ތަޕެލޯ މަސެކޯއެވެ.
މި ގްރޫޕްގައި މިއަދު ކުޅުނު އަނެއްމެޗްގައި ޗެކްރިޕަބްލިކް އާއި މެކްސިކޯ ބައްދަލުކުރިމެޗް 3-0 ގެ ނަތީޖާއިން ކާމިޔާބުކުރީ މެކްސިކޯއެވެ.
މެޗްތަކަށްފަހު ގްރޫޕް އޭގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު އެއްވަނާގައި އުޅެނީ، 9 ޕޮއިންޓާއެކު މެކްސިކޯއެވެ. ދެވަނާގައި 4 ޕޮއިންޓާއެކު ދެކުނު އެފްރިކާ އުޅޭއިރު، ތިންވަނާގައި އުޅޭ ކޮރެއާއަށް ލިބިފައިވަނީ، 3 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް