N/A
N/A
ހަބަރު 05 Nov 2018 | 09:36

ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނާއި ކަޅުފައިސާ؟؟

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރާއްޖޭ ޕާލަމެންޓްގެ މާލޭގެ ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކުރީގެ ބާރުގަދަ ނާއިބް ރައީސް އަހުމަދު އަދިބު ކަޅު ފައިސާއިން ރިލޯޑްކޮށްދީގެން އެވާހަކަދެކެވި، އެކަމާގުޅޭ އަދީބުގެ ފޯނުގެ ޗެޓްލޮގެއް ލީކުވެގެން އުޅުނެވެ. އޭގެ ދުވަސްތަކެއްފަހުން އަދީބު ނާއިބް ރައީސްކަމުން ވަކިކުރަން އެމެމްބަރުގެ ވޯޓް ހޯދަން ސަރުކާރަށް ނިސްބަތްވާ ފަރާތަކުން ދިއުމުން ލައްކައިން އަގު ކިޔެވެ.

ވޯޓާއިހަމައަށްދިޔައިރު ތިން ފަހަރުމަތިން އަގުބޮޑުކޮށް އެއްމިލިޔަން ރުފިޔާއަށް ވޯޓްވިއްކަން ނިންމައި ފައިސާލިބުމުން ބޮލީވުޑަށް ޒިޔާރަތްކޮށްލާފައި ޔޫރަޕަށްވެސް ދަތުރެއް އަޅާލިއެވެ. ދަތުރުކުރެއްވިތަން އެގެނީ ސޯޝަލް މީޑިއާގައި ޝެއަރކުރައްވާ ފޮޓޯތަކުންނެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގައި އަދީބު ހުރިއިރު އޭނާގެ އެޕޮއިންޓްމަންޓް ހޯދަން މެމްބަރުން ދިއުމަކީ އާދައެކެވެ. މެމްބަރުންގެ ކަންކަން ދަންނަ އިސްބޭފުޅަކު ވިދާޅުވިގޮތުގައި ގިނަފަހަރަށް އެމެމްބަރުންނާ ބައްދަލުނުކޮށް 50 ހާހުން، އެއްލައްކަ ރުފިޔާއިން ފައިސާދީފައި ފޮނުވާލައެވެ. މެމްބަރުންދަނީ ކޮންމެހެން އަދީބު ދެކިލާހިތަކުން ނޫނެވެ. އަދީބަށްވެސް އެކަން އެގެއެވެ. ފައިސާގެ ބޮނޑިވަރުގެ ދަހިވެތި ކަމުގައެވެ.

މެމްބަރަކު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަމުންގޮސް ފައިސާ ގޯނިހިފައިގެން ރިޝްވަތުދޭން މެމްބަރުންކައިރިއަށް ހިގާފައިވާ ކަމަށް އިއުތިރާފްވެފައިވެއެވެ. އެކަމަކު އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްވީމާ ކުށެއް ނޫންތާއެވެ.

ފުލުހުން ޕެޕަރސްޕްރޭޖަހާތީ މާސްކުއަޅައިގެންވެސް ކުރިމަތިލާން މީހުން އެއްކުރުމަކީ ކުށެއްކަމަށް ދަށު ކޯޓުން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކޮންމެވެސް އިމްތިޔާޒެކޭ ބުނެ މަތީ ކޯޓުން ދޫކޮށްލީއެވެ. އެހެންވީމާ ވައްކަން ކުރިޔަސް، ދޮގުހެދިޔަސް، ކޮރަޕްޝަންގެ އަމަލުތައް ހިންގިޔަސް ރައްޔިތުންގެ މަޖިލިސް ވީމާ އެއީ އިމްތިޔާޒު ލިބިގެންވާ ބައެކެވެ.

ޕީޕީއެމްގެ މެމްބަރެއް އެމްޑީޕީގެ މެމްބަރެއް ކިޔާނެކަމެއްނެތެވެ. ވޯޓަކާދިމާކޮށް ފައިސާ އަޅާލީމާ އެނިމުނީއެވެ. މަޖިލީހުގައި ހުރެގެން ކަރޮޕްޝަނޭ އެންމެ ބާރަށް ވިދާޅުވާ މެމްބަރުގެ ފަސްބައި ހާވާލީމާ ފެންނާނީ ކަޅުފައިސާއާއި އެފަދަ ވިޔާނުދާ އަމަލުތައް ފިޔަވައި ދެން ކޯއްޗެއްތޯއެވެ. މުހައްމާކަލޯއަށް ދިންވަރު މުހައްމާކަލޯއަށް އެގޭނެތާއެވެ.

ކޮންމެއަކަސް ދިވެހި ރާއްޖޭގައި އޮތް ކަރަޕްޝަނާއި ފަސާދައިގެ ހާއްޔަކީ ރައްޔިތުން މަޖިލިސްކަމުގައި ވާހަކަ ދެކެވެއެވެ. ދައުލަތުގެ ފައިސާއިން ވައްކަންކޮށްފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ތިބެގެން ވާހަކަފުޅު ދައްކަވާ ބައެއް މެމްބަރުން އެމީހުން އަމިއްލައަށް ހޯދާފައިވާ މުއްސަނދިކަމާއި ލިބުނު ރިސޯޓްތައް، ނަހަމަގޮތުން ހޯދި ޕްރޮޖެކްޓްތަކުން ލިބުނު ތަނަވަސްކަން ރައްޔިތކަށް އެނގިއްޖެނަމަ ހައިރާންވާނެއެވެ.

މިފަހަކަށް އައިސް ޕީޕީއެމްގެ ޕާލަމެންޓް މެމްބަރުންގެތެރޭގައި އުފެދުނު ހަމަނުޖެހުމަކީ، ޕާލަމެންޓް އިސްމެމްބަރަކު ވިދާޅުވިގޮތުގައި ސަރުކާރުގެ މެމްބަރުންގެ ގޮތުގައި ތިބެ ސަރުކާރުގެ ޕްރޮޖެކްޓްތައް އަމިއްލަ ނުފޫޒު ބޭނުންކޮށްގެން ހޯދައިގެން މިލިޔުނަރުންނަށްވުމުން، އަދީބު ހުރިއިރު ލިބުނުވަރަށް ނުލިބޭތީ ސަރުކާރަށް ދަތިކޮށް ޕްރެޝަރކުރަން ހިގައިދިޔަ ހަމަނުޖެހުންތަކެކެވެ.

ރައީސް އަބްދުﷲ ޔާމީން އެމީހުންދެކެ ކޯފާވީއެވެ. އަވަސްއަރުވާލައިގެން އެންޓި ޑިފެކްޝަންގެ ގާނޫނެއްހެދީ ޕާޓީއަށް ޣައްދާރުވި ކަމަށް ރައީސް ޔާމީން ދެކެވަޑައިގެންނެވި މެމްބަރުންނަށް އަމާޒުކޮށްގެން އެމީހުންނަށް ފިލާވަޅެއް ދެއްވުމަށެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނަކީ މިދެންނެވި ހާލަތު އައުމުން ތައާރަފްކުރި ގާނޫނަކަށްވިޔަސް އެގާނޫނުން ހުއްޓުވައިދެނީ ރައްޔިތުންގެ މަޖިލީހުގެތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ފަސާދައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމޭތީ މިހާރު އެތިއްބެވީ ކަޅުފައިސާއަށް ޕާޓީ ބަދަލުކުރުމަށް ފޫގަޅައިގެންނެވެ. ދެރަކަމަކީ ކަރޮޕްޝަނާއި ފަސާދަ ނައްތާލަން އައި ސަރުކާރުން އެންމެ ފުރަތަމަ ކުރިކަމަކަށް ކަޅުފައިސާއަށް މެމްބަރުން ގަތުމުގެ ރޭހެއް މަޖިލިސްތެރޭގައި ފަށަން ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

ކުރިއަށް އޮތްތާގައި އެންމެ ގިނަ މެމްބަރުން ގުޅޭނެކަމަށް ފެންނަނީ ﷲ އަށްޓަކައި ހުސްއަތާ ރައްޔިތުންނަށް އޮތް އިންތިހާއީ ލޯތްބެއްގެ ބޮޑުކަމުން އެމްޑީޕީއަށާއި ޖުމްހޫރީ ޕާޓީއަށެވެ. އިހަށް ދުވަހު ޕީޕީއެމްގެ އަޑުގަދަ މެމްބަރަކު މަޖީދީމަގުގައި ހުރި އޭނާގެ ފިހާރައިގައި އިންތިޚާބީ ރައީސްއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑު ޕޯސްޓަރެއް ތަތްކުރިއެވެ. މިހާރު ނަގައިފިއެވެ. އޭނާއަށްވެސް ރިސޯޓް ހަދާނެ ރަށެއް މިނިމުނު ފަސްއަހަރުތެރޭ ލިބުނެވެ. އެހެންވީމާ ކޮންމެވެސް ގޮތެއް ހަދަން އެބަޖެހޭ ނޫންތޯއެވެ.

މެޖޯރިޓީ ލިބުނީމާ އެންޓި ޑިފެކްޝަންގެ ގާނޫނެއް މުހިއްމުވާނެ

އެންޓި ޑިފެކްޝަންގެ ގާނޫން އުވާލަންވެގެން ހަރުއަޑުން ވާހަކަދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ އެގާނޫން ގާނޫން އަސާސީ އާއި ފުށުއަރާ ކަމަށެވެ. ކަޅުފައިސާގައި ހިފަން ގާނޫން އަސާސީގައި އޮވޭތޯއެވެ. އެކަމަކު ހިފަންވީމާ ކަޅުފައިސާ ހުދު ކާފޫރަށްވުރެވެސް ހުދެވެ. މިހާރު އެންމެ ބޮޑަށް އިވެނީ ޖަލަށްލާފައިވާ އަދީބުދެކެ ހަމްދަރުދީވެގެން މެމްބަރުން ވާހަކަދައްކާ އަޑެވެ. ރިލޯޑްކޮށްދިންކަމަށް ބުނާ މެމްބަރުވެސް އެހަމްދަރުދީ ފާޅުކޮށްފިއެވެ. ކޮންމެއަކަސް ކަރޮޕްޝަނާއި ފަސާދައިގެ އިނގިލި އެންމެ ބޮޑަށް ދިއްކުރެވެން އޮތް ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. އެމަޖިލީހަށް ނިސްބަތްވާ ބައެއް މެމްބަރުންނެވެ. ހައްޔަރުކުރަންވީ މަޖިލިސްގައި ތިބި ރައްޔިތުންގެ ފައިސާޖެހި ކޮރޮޕްޓްވެފައިވާ މެމްބަރުންނެވެ.

ކޮންމެއަކަސް އެންޓި ޑިފެކްޝަންގެ ގާނޫނެއް އޮންނަންޖެހޭކަމަށް އަންނަންއުޅޭ ސަރުކާރުގެ މެމްބަރުންވެސް ގަބޫލުކުރައްވައެވެ. ފަހަރުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބު ނިމި މެމްބަރުންނަށް ލާރިދީގެން އެމެމްބަރުން ގެންގޮސް މެޖޯރިޓީ ހޯދަންބޭނުންވާ ޕާޓީއަކަށް މެޖޯރިޓީ ލިބިއްޖެނަމަ އަލުން އެންޓި ޑިފެކްޝަންގެ ގާނޫނެއް ހަދަން ސަރުކާރުން މަސައްކަތްކޮށްފާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...