N/A
N/A
ހަބަރު 30 Sep 2018 | 15:23

ރައީސް ޔާމީނާއި ރައީސް ނަޝީދު ދެ ޑިކްޓޭޓަރުންނަށް ނުވާންވީ ކީއްވެ؟

ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އަޅައިގަންނަގޮތްވެއްޖެއެވެ. އެއީ އެމަނިކުފާނު ބޭނުންފުޅުކުރައްވާފައިވާ އިބާރާތާއި ވިދާޅުވެފައިވާ ވާހަކައިގެ ބާވަތުންނެވެ. ހަގީގަތުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުށްވެރިއެއްގެ ސްޓޭޓްމެންޓް ޕަބްލިކަށް ހާމަކުރެވޭނީ ކަނޑައެޅިފައި އޮންނަ އުސޫލެއްގެތެރެއިންކަމަށްވީނަމަވެސް، ރާއްޖޭގެ ރައްޔިތުންނާއި އަދި މުޅިދުނިޔެއާއި ކޮމިއުނިކޭޓްކުރުމުގެ ހުރިހައި ދޮރުތަކެއް ހުޅުވައިލެވި ރައްޔިތުންގެ ކުރިމައްޗަށް މީހަކު ނުކުމެ ހުރެ ވާހަކަދައްކަންފެށީމާ އުސޫލެއް އޮތަސް އެއީ ވަރަށް ދެކޮޅު ނުޖެހޭ ކަމަކަށްނޫނީ ނުވާނެއެވެ. އެކަކަށް އުސޫލުތައް މުގުރައިލުމުގެ ފުރުސަތު ދީފައި އަނެކަކަށް އަދަބުދިނުމަކީ އިންސާފެއް ނޫނެވެ.

އެހެންވެ އުސޫލުގެ ވާހަކަ ބާއްވާފައި ނަޝީދު އާއްމު ޕަބްލިކަށް ވިދާޅުވި ވާހަކައަށް އެބުރިލާނަމެވެ. ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ޚުދުމުޚްތާރު ވެރިކަމެއްގެ ތުންފަތްމައްޗަށް ދިވެހި ރާއްޖެ ވެށްޓިފައި އޮތްވައި އެކަމުން ދިވެހި ގައުމު އަނެއްކާވެސް ސަލާމަތްކޮށްދިނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ސަޕޯޓަރުންކަމަށެވެ.

ބެލެވޭގޮތުން ނަޝީދު ޚުދުމުޚްތާރު ވެރިކަމެއްކަމަށް އިޝާރާތްކުރައްވަނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށެވެ. އެމްޑީޕީގެ ސަޕޯޓަރުންވެސް އެކަން ހަމައެފަދައިން ދެކޭކަމަށް ބެލެވެއެވެ. ސޯޝަލް މީޑިއާގައި ގިނަބޭފުޅުންގެ ޝުއޫރުހުންނަނީ ގައުމު މިނިވަންކުރެވިގެން އުޅޭބީދައިންނެވެ. އެމްޑީޕީގެ ހަރުގޭގައިވެސް ޖަހަނީ " ގައުމަށް އައި މިނިވަން ނޫރާނީ " ފަދަ ގައުމީ ލަވަތަކެވެ.

އެހާ ސީދާކޮށް ޚުދުމުޚްތާރު ވެރިކަމެކޭ ރައީސް ނަޝީދު ވިދާޅުވީމާ އަބްދުﷲ ޔާމީނާއި ދިމާއަށް ޚުދުމުޚްތާރުވެރިއެކޭ ކިޔައިގެން ވާހަކަދައްކަންފެށުމުގެ ކުރިން ކައިރި މާޒީގައި ހިގާފައި ހުރި ކަންކަމާހެދި އަޅުގަޑު ކުޑަކޮށް ފިކުރުކޮށްލަންޖެހިއްޖެއެވެ.

އެމްޑީޕީގެ ނަޒަރުގައި މައުމޫނަކީ ވަރަށް ބޮޑު ޚުދުމުޚްތާރު ވެރިއެކެވެ. 30 އަހަރު ވަންދެން ޚުދުމުޚްތާރުކޮށް ހިންގި ވެރިކަމުގައި 13 ފަހަރު ރައީސް މުހައްމަދު ނަޝީދު ޖަލަށްލައި، އިޔާދަނުކުރެވޭހާ ބޮޑެތި ޖިސްމާނީ އަނިޔާތައް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.

އެކަމަކު ނިމިގެން މިދިޔަ އިންތިޚާބުގެ ކުރިން އެމްޑީޕީގެ ލީޑަރުންގެ ދޫފުޅުން ރައީސް މައުމޫނަށް ކުރެވުނު ތާރީފާއި ކިޔާފައިވާ ސަނާއާއި ހަރުގެއިން މެދުކެނޑުމެއްނެތި ޖަހާފައިވާ " ތިޔައީ ޒައީމޭ އަދު ލޮބުވެތިވި ދިވެހި ގައުމު ފަޚްރުވެރިވާ" ފަދަ ލަވަތައް އަޑުއިވިފައި ކުޑަކޮށް ހައިރާންވެ އިރުގަނޑަކު ބަލަހައްޓައިގެން ހުރެވުނެވެ. ދުނިޔެއަކީ ދުނިޔެއެވެ. ބާދުވަހަކަށް އިރު އޮއްސިފައި އާދުވަހަކަށް އިރުއަރަނީއެވެ.

އެމްޑީޕީއާއި ޕީޕީއެމް ސަރުކާރުގައިވެސް އޮތީ އަނިޔާވެރިކަމާއި ކަރޮޕްޝަން!

އެކަންވެސް ބާއްވާފައި ރާއްޖޭގައި ކުރެވުނު ޑިމޮކްރެޓިކް ވެރިކަމަށް ފިކުރު ހިންގައިލަމެވެ. ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރިކަމެއް މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގައިގެން ވަށްޓައިލުމަކީ ޑިމޮކްރެޓިކް އުސޫލެއްކަމަށް ގަބޫލުކުރާނީ ކާކުހެއްޔެވެ.

ރާއްޖޭގައި ރައްޔިތުން ނުހަނު ރަނގަޅު އަޣްލަބިއްޔަތަކުން އިންތިޚާބުކުރި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު ވަށްޓާލުމަށް މާލެތެރެއަށް 2009 ވަނަ އަހަރު އިދިކޮޅު ޕާޓީތަކުން ނުކުތުމުން ރައީސް މުހައްމަދު ނަޝީދު އަމަލުކުރެއްވީ ކޮންގޮތަކަށް ހެއްޔެވެ.

އެމަނިކުފާނުގެ އިދިކޮޅު ސިޔާސީ ލީޑަރުން ވިދާޅުވަމުންގެންދެވީ ނަޝީދު އަމަލުކުރައްވަނީ ޚުދުމުޚްތާރުކޮށްކަމަށެވެ. އެއީ ސަރުކާރާއި ދެކޮޅަށް ވާހަކަދައްކަވާ ސިޔާސީ ލީޑަރުން ހައްޔަރުކުރެއްވީމައެވެ. އެލީޑަރުން ނުކުމެވަޑައިގަތީ ކަރޮޕްޝަން ސަރުކާރުގެތެރޭގައި ހައްދުފަހަނައަޅައިގޮސްފިކަމަށް ބުނަމުންނެވެ.

ސިވިލްސާވިސްގެ މުވައްޒަފުންނަށް ހެދިގޮތުން ސަރުކާރުގެ އިންސާފުވެރިކަން ގެއްލި އަނިޔާވެރިވާތީކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުގައި ތަޅުއަޅުވައި ޖަޖަކު ގޭގައިހުއްޓައި ކުއްލިގޮތަކަށް ސިފައިންގޮސް ގޭގެ ދޮރުވަށްޓާލާފައި ޖަޖު ހައްޔަރުކުރުމުން ޖުޑިޝަރީއަށް އަރައިގަނެވުނީކަމަށްބުނެއެވެ. އިދިކޮޅު މީހުންގެ ހަރަކާތް ސަރުކާރުން ސިފަކުރީ ބަޣާވާތްކުރަން އުޅުންކަމަށެވެ.

2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެން ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަރޮޕްޝަން އަށަގަންނަނީކަމަށް ބުނަމުން ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ނުކުތީ މުޒާހަރާއަށެވެ.

ފާޅުގައި ރައްޔިތުންގެ ވެރިކަން ބަދަލުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެރިކަމަށް އިސްކުރަންކަމަށްބުނެ އެމްޑީޕީން ހެދިގޮނޑުދޮށުގައި ބޭއްވި އެއްވުމުގައި ދެއްކި ވާހަކަތައް އަދިވެސް ވަރަށް ގިނަ މީހުންގެ ހަދާނުގައި އެބަހުއްޓެވެ.

މޭޑޭގައި އިސްލާމީ މަރުކަޒުދޮށަށް އެއްވުމުގެ ނަމުގައިވެސް އުޅުނީ މަގުމަތިން ވެރިކަން ވަށްޓާލުމަށެވެ. އެކެއް ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ބަޣާވާތެއްގެނެސް ސަރުކާރު ވަށްޓާލަން އުޅުނުއުޅުމަކީ ދިވެހިން އަދި ދުވަހަކު ތަޖުރިބާ ނުކުރާ ވައްތަރުގެ ބަޣާވާތެކެވެ.

އެއަށް ޑިމޮކްރަސީއޭ ގެންނަނީއޭ ބުނާނީ ކޮންބައެއްހެއްޔެވެ. ރައީސް އަބްދުﷲ ޔާމީންއާއި ދެކޮޅަށް ހަމަ ކޮންމެ އެއްޗެއް ބުނާ ބުރަދަނެއް ހުރި މީހަކު ނަމަ ހައްޔަރުކުރެވެއެވެ. ޕާލަމެންޓް މެމްބަރުންގެ ގޮނޑި ގެއްލުވާލައެވެ. ކޮރަޕްޝަން ކުރީ ސަރުކާރުތަކަށްވުރެ އަދި އެއްދަރަޖަ މައްޗަށް ޖައްސާފައިވެއެވެ.

ސަރުކާރުގެ އޮފީސްތަކުގެ ސިޔާސީ މަގާމްތަކަށް ލާފައިތިބި މީހުން ހިތަށް އެރިގޮތަކަށް އަމަލުކުރާކަށް ޖެހިލުމެއް ނުވެއެވެ. އޭސީސީ އޮތީ ގަދަ ނިދީގައެވެ. 2008 ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރި ސަރުކާރާއި 2013 ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރި ސަރުކާރާ އަޅާކިޔާނަމަ، އަނިޔާވެރިކަމާ އަދުލް އިންސާފަށް އަރައިގަތުމުގައި ދެ ސަރުކާރުވެސް ހަމަހަމައެވެ. ދެ ސަރުކާރުގައިވެސް ކަރޮޕްޝަން އޮތީ ހައްދު ފަހަނައަޅައިފައެވެ. އެއީ އެކަމުން ގައުމަށް މިނިވަންކަން ހޯދަންޖެހޭކަމެއްކަމަށްވާނަމަ ދެރައީސުންގެ ކައިރިންވެސް ގައުމު މިނިވަންކުރަންޖެހެއެވެ.

ރައީސް ނަޝީދުގެ ޓުވީޓްކިޔާފައި އަޅުގަޑުގެ ހިތަށްއެރިއެވެ. އެއް އިރެއްގައި ބަރުމާގެ އަންސަންސޫކީއަކީވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރުމުގެ ދުނިޔޭގެ ނަމޫނާއެކެވެ. އެކަމަކު މިއަދު އެއީ އިންސާނުންގެ އޮހުރުވައިލާ އަދި އަންހުންގެ އިއްފަތް ފޭރި ކުޑަކުދިން މަރާހަދާ މެޝިނެއް ހިންގާ އަންހެނެކެވެ. ހަމަ އެގޮތަށް އެއްއިރެއްގައި ރައީސް ނަޝީދަކީވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ސޫކީއާއި އެއްހަމައެއްގައި ހުންނެވި ބޭފުޅެކެވެ. އެކަމަކު ވެރިކަން ކުރެއްވިގޮތުން ރައީސް އަބްދުﷲ ޔާމީން ފަދައިން ހަމަ ޚުދުމުޚްތާރު ބާރުތަކެއް ބޭނުންކުރެއްވި ބޭފުޅެކެވެ.

މިރޮނގުން ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދު ތިލަފަތަކުން ކިރައިފިނަމަ އޮންނާނީ އެއްވަރެއްގައިކަމާއިމެދު ސުވާލެއްވެސް ނުއުފެދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު
03 Nov 2026 ހަބަރު

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވާ ވަޒީރު ވިދާޅުވި އެެވެ.

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް
03 Nov 2026 ހަބަރު

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް
03 Nov 2026 ހަބަރު

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް

"ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާޖައްވެރިކަން" ރައީސް ވިދާޅުވި އެވެ.

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
03 Nov 2026 ހަބަރު

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ

ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި
03 Nov 2026 ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި

އާނު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ
03 Nov 2026 ހަބަރު

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ

އެގޮތުން މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ނިކުމެފައިވާ ކަމުގައި ވިދާޅުވި އެވެ.

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް
03 Nov 2026 ހަބަރު

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް

މި އަހަރުގެ އަސްކަރީ ހުށައެޅުންތައް ބަލާލުމަށްވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ.

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.