ޑިމޮކްރަސީ ދުވަހުގެ ދުވުން އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި!
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ޚާއްސަ ދުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކުރާ މި ދުވުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 06:30ގައެވެ. މި ދުވުން ފެށޭނީ ހުޅުމާލޭ ސެންޓްރަލް ޕާކުންނެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.
މިދުވަހުގެ މުނާސަަބަތުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް