ވޭނަކުން ޖެހުުނު އަންހެނަަކަށް ފަރުވާދެނީ
ތ.ތިމަރަފުށީގައި ދުއްވާފައި ދިޔަ ވޭނަކުން އަންހެނެއްގެ ގައިގައި ޖެހިއްޖެއެވެ.
ފުލުހުން މައުލޫމާތުދޭގޮތުގައި މިއަދު ހެނދުނު 7:45 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 52 އަހަރުގެ އަންހެނަކަށެވެ.
މި އެކްސިޑެންޓުގައި އަންހެން މީހާގެ ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް އިތުރު އަނިޔާތައް ވެފައިވެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އެ ރަށުގެ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން އަންހެން މީހާ ހިނގާފައި ދަނިކޮށް ވޭން ކޮންޓްރޯލް ނުވެގެން ގޮސް އޭނާގެ ގައިގައި ޖެހުމުންނެވެ.
އެ އަންހެންމީހާއަށް ތިމަރަފުށީ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް އޭނާ ވަނީ ތ. ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް