އައިފޯން އެކްސްއެސް އަދި އެކްސްއެސް މެކްސް އަށް ޕްރީއޯޑާ ކުރަން ދިރާގުން ހުޅުވާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެޕަލް އިން އެންމެ ފަހުން ލޯންޗުކުރި އައު އައިފޯން ތަކަށް ޕްރީ އޯޑާ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.
މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޕްރީއޯޑާ ނަގަން ފަށަފައިވާ ކަމަށާއި އައިފޯނު އެކްސް އެސް އަދި އެކްސް އެސް މެކްސް އިންސްޓޯލްމެންޓުގެ ދަށުން ނަގަން ބޭނުންވާ ފަރާތްތަކަށާއި ވަގުތުން ފައިސާ ދައްކައިގެން ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް މިހާރު އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
މިފަހަރުގެ އައިފޯނުތަކުގައި ތަފާތު ކަމަކަށް ފާހަގަ ކުރެވޭ މައިގަނޑު ކަމަކީ ދެ ސިމް ބޭނުން ކުރެވުމެވެ.
އިންސްޓޯލްމެންޓުގެ ދަށުން މި ފޯނުތައް ދޫކުރެވޭނީ ދިރާގުގެ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް އެކަނި ކަމަށްވެސް ދިރާގުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް