ޖޭޕީގެ ލީޑަރު ހޮވުން މިއަދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޖުމްހޫރީ ޕާޓީގެ ލީޑަރަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ 124 ވަނަ ކައުންސިލް ބައްދަލުވުން މިއަދު ހަވީރު 4 ޖަހާއިރު ޖޭޕީގެ މައި އޮފީސް ކަމަށްވާ މާފަންނު ކުނޫޒްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ހުސްވެފައިވާ ލީޑަރުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތި ލެއްވީ ކުރީގެ ލީޑަރ އަދި އެ ޕާޓީގެ ފައުންޑަރ ގާސިމް އިބްރާހިމް އެކަނިކަމަށްވެސް އެ ޕާޓީއިން މައުލޫމާތުދެއެވެ.
މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުންދާ ގާސިމްގެ މައްޗަށް މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލުހުކުމެއް ސާބިތުވުމުން ގާސިމަށް ވަނީ ޖޭޕީގެ ލީޑަރުކަން ގެއްލިފައެވެ.
ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗައް ކުރި ހުކުމްވަނީ މިދިޔަ ހަފްތާ ތެރޭގައި ހައިކޯޓުން ބާތިލް ކޮށްފައެވެ. އަދި ޖޭޕީގެ ލީޑަރ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެއްވީވެސް އެދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް