މަހިބަދޫ ފުޓްސަލްދަނޑު ހެދުމުގެ މަސައްކަތަށް އާރުޑީސީން ތައްޔާރުވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އދ.މަހިބަދޫ ފުޓްސަލް ދަނޑުގެ މަސައްކަތްތައް ފެށުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރެޝަނުން ތައްޔާރުވެއްޖެއެވެ.
އާރުޑީސީން ވަނީ މަހިމަދޫ ފުޓްސަލްދަނޑުގެ މަސައްކަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ ތަކެތި އެރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގެރާމްގެ ދަށުން އދ. މަހިބަދޫ ފުޓްސަލް ދަނޑު ހެދުމަށް ބޭނުންވާ ތަކެތި އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
މީގެ އިތުރުން އާރުޑީސީން ވަނީ ފުޓްސަލް ދަނޑުހެދުމަށް ބޭނުންވާ އެއްޗެހީގެ އިތުރުން މަހިބަދޫ މަގު ހެދުމުގެ މަޝްރޫއުއަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އާރުޑީސީން އަންނަނީ ގިނަ ރަށްތަކެއްގެ ކުޅިވަރު އިންފްރާސްޓަކްޗަރއަށް ބިނާކުރުމަށް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް