ބާސެލޯނާއިންދޭ މުސާރައިގެ ތިން ގުނަ މެންޗެސްޓަރ ސިޓީއިން ހުށަހެޅުމުންވެސް މެސީ ބާސެލޯނާ ދޫކޮށްނުލި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ބާސެލޯނާއިންދޭ މުސާރައިގެ ތިން ގުނަ މެންޗެސްޓަރ ސިޓީއިން ހުށަހެޅުމުންވެސް މެސީ ބާސެލޯނާ ދޫކޮށްނުލި ކަމަށާއި ޕެޕް ގާޑިއޯލާ މެދުވެރިކޮށްގެން ވެސް މެސީއާއެކު އެއްބަސްވުމަކާއި ހަމައަށް އާދެވޭތޯ މަސައްކަތް ކުރެވުނު ކަމަށް ސިޓީގެ ޗީފް އެގްޒެކެޓިވް ހާލްދޫން އަލް މުބާރަކް ބުނެފިކަމަށް ސްޕެއިންގެ ކުޅިވަރު ހަބަރުތައް ރިޕޯޓް ކުރާ މުންޑޯ ޑިޕޯޓިވޯއިން ހާމަކޮށްފިއެވެ.
އަލް މުބާރަކް މިހެން ބުނެފައިވަނީ ސިޓީއަށް ނުގެނެވުނު ކުޅުންތެރިޔަކީ ކޮބާތޯ އިންޓަވިއުއެއްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެމުންކަމަށް މުންޑޯ ޑިޕޯޓިވޯއިން ރިޕޯޓް ކޯށްފައިވެއެވެ.
މެސީ ބާސެލޯނާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފައިވަނީ ނިމިދިޔަ އަހަރުގެ ނޮވެންބަރު މަހުގައެވެ. 2021 އާއި ހަމައަށް މެސީއާއި ބާސެލޯނާއާއި ދެމެދު ވެފައިވާ މި އެއްބަސްވުމުގެ ދަށުން މެސީ ގަންނަން ހުށަހަޅާ ކުލަބަކުން 700 މިލިއަން ޔޫރޯ ބާސެލޯނާއަށް ދޭންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް