ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި
ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުއިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ޤައުމީ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޤައުމީ ދުވަހުގެ ރަސްމިއްޔާތު ތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މީގެ ތެރޭގައި މާދަމާ ހެނދުނު އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. ރަސްމީ ޖަލްސާގައި ރައީސް ޑރ.މުއިއްޒު ޤައުމާ މުޚާޠަބުކޮށް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް