މީޑިއާނެޓްގެ ޚިދުމަތް ލިބުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިއްޖެ
މީޑިއާނެޓްގެ ޚިދުމަތަށް ކުރިމަތިވި ޓެކްނިކަލް މައްސަލައަކާއިި ގުޅިގެން ގިނަ ފަރާތްތަކަކަށް ކޭބަލް ޓީވީގެ ޚިދުމަތް ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މީޑިޔާނެޓްގެ ޑައުންލިންކް ސިގްނަލަށް ދިމާވާ އިންޓަރފިއަރެންސް މައްސަލައެއްގެ ސަބަބުން މީޑިޔާނެޓްގެ އެކި ޗެނަލްތައް ފެނުމުގައި ދަތިތަކެއް އުޅޭ ކަމަށެވެ.
އެކުންފުނިން ވަނީ މި މައްސަލަ ދިމާވަމުންދާ ސަބަބު ބަލައި ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އަދި މިކަމާއި ގުޅިގެން ކަސްޓަަމަރުންނަށް ކުރިމަތިވާ ދަތިތަކަށްވެސް ނިހާޔަތަށް މައާފަށް އެދޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ދާދިފަހުން ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ކަމުގައިވާ ދިރާގަށްވެސް ވަނީ ބޮޑެތި މައްސަލަތަކެއް ދިމާވެ، ޚިދުމަތް ހޯދުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.
ފޮޓޯ: ސަން
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް