ހުޅުމާލޭ ފޭސް އެކެއްގެ ފަޅުތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭ ފޭސް އެކެއްގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ އެމީހާ ފެނިފައިވަނީ މިއަދު 16:30 ހާއިރު، ކަމަށެވެ. އެމީހާ ފެނިފައިވަނީ ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާލު މޫދުންނެވެ. އެމީހާ މޫދުން ނަގާފައިވާއިރު، އެއީ ކޮން ޖިންސެއްގެ މީހެއްކަމެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.
ފުލުހުން ދަނީ އެމީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ބުދަދުވަހުވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުން ޒަހަމްތަކަކާއެކު އޮތް މީހަކު ފެނިފައެވެ. އެމީހާ އެދުވަހު ނިޔާވިއިރު، ބޮލުގައި ޒަހަމްތަކެއް ހުއްޓެވެ. އައިޖީއެމްއެޗުން ލަފާކޮށްފައިވަނީ، ބޮޑަށް ބެލެވެނީ އެމީހާގެ ބޮލަށް ޒަހަމްތަކެއް ލިބުނީ އުޅަނދެއްގައި ޖެހިގެންކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ..
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް