ރީ ރަޖިސްޓްރޭޝަންގެ މުއްދަތު މިރޭގެ 10 އާއި ހަމައަށް އިތުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓަރ ކުރުމުގެ މުއްދަތު މިރޭގެ 10އާއި ހަމައަށް އިތުރުކޮށްފިއެވެ.
ކުރިން މި މުއްދަތު ހަމަވާ ތާރީޚަކަށް ހަމަޖެހިފައި އޮތީ މިއަދުގެ ހަވީރު 3 ޖަހާއިރެވެ.
މީޑިޔާާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ވިދާޅުވީ، ރީ ރަޖިސްޓަރކުރުމަށް އިތުރު ފުރުސަތަށް އެދި ވަރަށް ގިނަ ބަޔަކު އެދެމުންދާާތީ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.
އަކްރަމް ވިދާޅުވީ އީީސީން އެދެނީ އަލުން ރަޖިސްޓްރީ ވާން ޖެހޭ މީހުން ވީ އެންމެ އަވަހަކަށް ރަޖިސްޓްރީވުންކަމަށެވެ.
މިފަަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ރީ ރަޖިސްޓަރ ކުރަން ޖެހޭނީ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ތަންނޫން އެހެންތަނެއްގައި ވޯޓުލާ ނަމައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް