ދެ ފަނޑިޔާރުންނާއި ހަސަން ސައީދުގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ބާތިލްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު މައްޗަށް އުފުލި ރިޝްވަތު ހިފިކަމުގެ ދައުވާ ބާތިލްކޮށްފިއެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދު ރިޝްވަތު ހިފިކަމުގެ ދައުވާ ބާތިލް ކޮށްފައި މިވަނީ، ހެކި ދައުލަތުން ހުށަހަޅާފައިނުވާތީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ.
ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އެވެ.
ތިން ބޭފުޅުންނަށް ވެސް ރިޝްވަތު ދިނީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް ކަމަށް ދުލަތުން ބުނެ އެވެ.
ނަމަވެސް ހެކި ނުދެއްކުމުގެ ސަބަބުން ސިޔާދަށް ކުރާ ދައުވާ ވެސް މިއަދު ބާތިލްކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް