ވިހެއުމުން ލިބޭ ޗުއްޓީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އިތުރުކުރަނީ
ވިހެއުމުން ދެމަފިރިންނަށް ލިބޭ ޗުއްޓީ އިތުރުކުރުމަށް ސަރުކާރު ކުންފުނިތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.
ރައީސް ސޯލިޙްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި ސިވިލް ސާރވިސްގެ މުވައްޒިފުންނަށް ތައާރަފްކުރި މެޓާނިޓީ ލީވް އަދި ޕެޓާނިޓީ ލީވް އުސޫލާއި އެއްގޮތަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް އަމަލުކޮށްދެއްވުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
މީގެ ކުރިން ވިހެއުމާއި ގުޅިގެން ގިނަ ކުންފުނިތަކުގައި ލިބެނީ ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެނީ އެންމެ ތިން ދުވަހެވެ.
ވިހެއުމާއި ގުޅިގެން ދެމަފިރިންނަށް ލިބޭ ޗުއްޓީ އިތުރުކުރުމަކީ ރައީސް ސޯލިޙްގެ ރިޔާސީ ވައުދެކެވެ.
އެވައުދު ފުއްދުމުގެ ގޮތުން މާޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން، ސިވިލް ސާވަންޓުންނަށް ތައާރަފްކުރި މެޓާނިޓީ ލީވް އަދި ޕެޓާނިޓީ ލީވް އުސޫލާއި އެއްގޮތަށް،ސަރުކާރު ކުންފުނިތަކުުގެ ތެރެއިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް