މަރާލާފައި ވަނީ ނަހަލް ބްރިގޭޑުގެ ޔެހުދާއަށް ނިސްބަތްވާ އަމިތު ފްރީޑްމަން
މަރާލާފައި ވަނީ ނަހަލް ބްރިގޭޑުގެ ޔެހުދާއަށް ނިސްބަތްވާ އަމިތު ފްރީޑްމަން
ދުނިޔެ 28 Aug 2024 | 08:08

އިސްރާއީލް ސިފައިންގެ އިތުރު މީހަކު މަރާލައިފި!

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ޣައްޒާ މިނިވަންކުރުމަށް ހަނގުރާމަކުރަމުން ދާ މުޖާހިދުން ދިން ހަމަލާއެއްގައި އިސްރާއީލުހެ ނިރުބަވެރި ސިފައިންގެ މީހަކު މަރުވެފައިވާކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގެ ދެކުނުގައި ހިނގި ކުރިމަތުލުންތަކުގައި މަރާލާފައި ވަނީ ނަހަލް ބްރިގޭޑުގެ ޔެހުދާއަށް ނިސްބަތްވާ އަމިތު ފްރީޑްމަން، 19އ. ކަމަށެވެ.

އަދި މީހެ އިތުރުން ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގައި ހަނގުރާމަކުރާތާ 10 މަހަށްވުރެ ގިންވެފައިވާ އިރު 340 އަށްވުރެ ގިނަ ނިރުބަވެރިން ހަމައެކަނި ޣައްޒާގާގައިވަނީ މަރާލާފައެވެ.

އަދި އޮކްޓޯބަރު 7 ވަނަދުވަހުންފެށިގެން މިހާތަނަ 695 އަށްވުރެ ގިނަ ނިރުބަވެރިން ވަނީ މަރާލާފައެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ނިރުބަވެރި ސިފައިން ހަރަކާތްތެރިވަމުންދާއިރު، ރޭގައި އެއްވެސް ނޯޓިސްއެއްނުދީ ޚާން ޔޫނުސްގެ ކިޒާން އަލް ނައްޖާރަށް ކުއްލިއަކަށް ރޭވަނީ ވަދެފައެވެ.

ޚާން ޔުނިސްގެ ކިޒާން އަލް ނައްޖާރާއި އަލް މަނާރާއަކީ ގެދޮރު ގެއްލިފައިވާ އެތައްބައެއް އުޅެމުންދާ ސަރަހައްދެކެވެ.

ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލްއާ ދެމެދު އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަނީ ވެސް ޣައްޒާގެ އެކި ސަރަހައްދުތަކުގައެވެ.

އަދި މީގެ އިތިރުން ޣައްޒާ މިނިވަންކިރަން ޖިހާދުކިރަމުންދާ މުޖާހިދުންނާ ނިރުބަވެރިންނާ ދެމެދު ޣައްޒާގެ އެކި ހިސާބުތަކުގައި ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

މިދިޔަ އަހަރު އޮކްޓޯބަރުމަހު 7 ވަނަ ދުވަހުގައި ޣައްޒާ މިނިވަންކިރަން މުޖާހިދުން ފެށި މި ހަނގުރާމާނައި ނިރުބަވެރިން ދިން ހަމަލާތަކުގައި 40،400 އަށްވިރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ.

އަދި 93،600 އަށްވުރެގިނަ މީހުންވަނީ ޒަހަމްކޮށްލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް