ރައީސް ނަޝީދު އައްޑޫއަށް ފުރާވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމްޑީޕީގެ މެންބަރުންނާއި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ފުރާވަޑައިގެންފިއެވެ.
ދާދި ދެންމެއަކު އައްޑޫއަށް ދިއުމަށްޓަކައި އެމަނިކުފާނު ފުރާވަޑައިގެންނެވީ ވިލާ އެއަރގެ ފްލައިމީގެ މަތިންދާބޯޓަކުންނެވެ. ރައީސް ނަޝީދުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ، އަދި އެމްޑީޕީގެ އިސްވެެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދަށް ބޮޑު މެޖޯރިޓީއެއް ލިބިގެންދިޔަ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ. ރައީސް ނަޝީދުގެ މި އައްޑޫ ދަތުރުފުޅަކީ މިމަހުގެ އެއްވަނަ ދުވަހު މާލެއަށް ވަޑައިގަތުމަށްފަހު، އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި އައްޑޫގަައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް