ރައީސް ނަޝީދު ރަސްގެފާނު ސަލްމާންއާ ބައްދަލުކުރުމަށް ސައުދި އަރަބިއްޔާއަށް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް ނަޝީދު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް-ސައުދުގެ ދައުވަތަކަށް ސައުދި އަރަބިއްޔާއަށް އަންނަ ހޯމަ ދުވަހު ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ނަމަވެސް މިހާތަނަށް މިދަތުރުފުޅާ ގުޅޭގޮތުން އެއްވެސް މައުލޫމާތު އެއްވެސް ފަރާތަކުން ހިއްސާކޮށްފައެ ނުވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ސައުދީ އިން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއަށް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އަދި ސައުދީއަރަބީ އާއި ދިވެހިރާއްޖޭއާ ދޭތެރޭ އޮންނަ ގުޅުމާ ގުޅޭތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ފަރާތެކެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބައްފަހު ސައުދީ ރަސްގެފާނުގެ ހާއްސަ މަންދޫބެއް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވާ އިންތިހާބުގައި ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް