ފުލުހުންގެ ވެހިކަލްތަކުން ޗައިނާ އެއިޑް ލޯގޯ ފޮހޭކަމުގެ ތުހުމަތުތަކެއް!
ދިވެހި ފުލުހުންނަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޫކޮށްފައިވާ ވެހިކަލްތަކުން ޗައިނާ އެއިޑް ލޯގޯ ފޮހޭކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.
މި ތުހުމަތާއި އެކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ފޮޓޯތަކެއް އާންމުކުރައްވާފައެވެ.
ޝިޔާމް ވަނީ އެ ޓްވީޓްގައި މި ސަރުކާރުން، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ހަދިޔާކުރި ވެހިކަލްތަކުން ޗައިނާ އެއިޑް ލޯގޯ ފޮހުމަކީ މަޖުބޫރުކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
މިކަމާއި ގުޅިގެން ފުލުހުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް