އީޕީއޭ އިން ހައުސިން މިނިސްޓްރީއާއި އެމްޑަބްލިއުއެސްސީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީއާއި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ގަވާއިދާ ހިލާފަށް މާލޭގެ ބިމުގެ އަޑިން ފެން ނަގައި އެ ފެން ބޭރުކޮށްފައިވާތީ ކަމަށްބުނެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭ އިން ބުނެފައިވަނީ ހައުސިން މިނިސްޓްރީން ފެން ނަގާ ބޭރުކުރީ އެ މިނިސްޓްރީ ހުންނަ ސަރަަހައްދުގެ ހުޅަނގު ކަންމަތިން އަމީނީ މަގަށްވާ ގޮތަށް ކަމަށާއި އެމްޑަބްލިއުއެސްސީން ފެން ނަގައި ބޭރުކޮށްފައިވަނީ މާލޭގެ ހަވީރީ ހިނގުން ސަރަހައްދުން ކަަމަށެއެވެ.
މާލޭ ބިމުގެ އަޑިން ފެން ނަގައިގެން ބޭނުން ކުރާނަމަ ބޭނުން ކުރެވޭނީ އީޕީއޭގެ ހުއްދަލިބިގެންނެވެ. ނަމަވެސް ހައުސިން މިނިސްޓްރީއާއި އެމްޑަބްލިއުއެސްސީން ހުއްދަ ނަގާފައި ނުވާތީ މިމައްސަލައިގަ ހައުސިން މިނިސްޓްރީ 50،000 ރުފިޔާއިން އަދި އެމްޑަބްލިއުއެސްސީ 55،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ޖޫރިމަނާ ފައިސާ ދައްކަން އީޕީއޭ އިން ހައުސިން މިނިސްޓްރީއާއި އެމްޑަބްލިއުއެސްސީން ދީފައިވާ މުއްދަތަކީ އިއްޔެއިން ފެށިގެން އެއް މަސް ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް