މަރުވެފައިވާ މަސްތައް
މަރުވެފައިވާ މަސްތައް
ދުނިޔެ 02 Sep 2024 | 10:28

މަރުވެފައިވާ މަހުން ގްރީސްގެ ކޯރުތައް ފުރިއްޖެ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ގްރީސްގެ މެދުތެރޭގެ ވޮލޯސްގެ ކޯރުގައި އެތައްހާސް މަސް މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

އެގައުމުގެ ތާޒާ ފެން ދައުރުވާ ގިނަ ކޯރުތަކުގައި މަސްތައް މަރުވެފައިވާތީ ކޯރުތައް ބޭނުން ކުރާ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމެއްކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ބޭރުގެ މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި ގްރީސްގެ ވަށައިގެންވާ ގިނަ ކޯރުތަކުގައި އާދަޔާ ހިލާފަށް މަރުވެފައިވާ މަސްތައް ގިނަވެފައިވާތީ މިކަމުގެ ސަބަބުން ސިއްހީގޮތުން ކުރިމަތިވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުގައި އެގައުމުގެ ސަރުކާރުން ވަނީ ގްރީސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ ކަމަށެވެ.

އަދި ހާއްސަކޮށް ގްރީސްގެ މެދުތެރޭގެ ބަނދަރު ސިޓީ ވޮލޮސްގެ ކޯރުތަކުގައި އެތައް ސަތޭކަ ޓަނެއްގެ މަރުވެފައިވާ މަސް ފެނުން މައްޗަށް އަރާފައިވާ ކަމަށާއި މިކަން ހިންގީ މިދިޔަ އަހަރު ކުރިމަތިވި އުދައެރުމުގެ އަސަރުތަކުގެ ތެރެއިން ކަމަށްވެސްވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ހުއަޓިމެއްނެތި ކޯރުތަކުން މަރުވެފައިވާ މަސް، ބުލްޑޯޒަރުތަކުން ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް