އިޒްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ 241 ކޮމިޓީއަށް އެޖެންޑާ ކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އިޒްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ 241 ކޮމިޓީއަށް އެޖެންޑާ ކޮށްފިއެވެ.
އިޒްރާއީލް ޕާސްޕޯޓް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް އެޖެންޑާކުރިކަން ކޮމިޓީގެ މުގައްރިރުގެ ނައިބު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވަނީ ވޮއިސްއަށް ޔަގީންކޮށްދެއްވާފައެވެ.
ފަލާހް ވިދާޅުވީ އިޒްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލަ 241 ކޮމިޓީއަށް މިއަދު އެޖެންޑާކޮށްފައިވާކަމަށެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް އިޒްރާއީލް ޕާސްޕޯޓް މަނާކުރުމާ ބެހޭ މައްސަލަ އެޖެންޑާކޮށްފައިވާއިރު، އިޒްރާއީލް ޕާސްޕޯޓް މަނާކުރުން އަވަސްކުރުމަށް ވެރިކަން ހިންގާ އެންމެބޮޑު ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ ގޮވާލާފައެވެ.
ޕީއެންސީން ބުނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ގޮތަށް، އިޒްރާއީލް ޕާސްޕޯޓްގައި ރާއްޖެއަށް ނުވަދެވޭގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެޕާޓީން ތާއީދުކުރާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް