މާފުށީގެ މޫދުން ހަތަރު އަހަރުގެ ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ކ.މާފުށީގެ މޫދުން ހަތަރު އަހަރުގެ ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިކުއްޖާއަކީ އެރަށުގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމަށް ދިޔަ މާލޭގެ އާއިލާއެއްގެ ކުއްޖެކެވެ. އެ ކުއްޖާ މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އާންމުންގެ މީހަކަށެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ކުއްޖާ މޫދަށް ދިޔައީ އާއިލާއާއި ވަކިން ގެސްޓްހައުސުން ނިކުމެގެން، އެފަރާތްތަކަށް ނޭނގިއެވެ.
ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.
-ތަފްސީލް އަންނަނީ-
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް