އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ނަތަންޔާހޫ-- ފޮޓޯ: އޭއޭ
އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ނަތަންޔާހޫ-- ފޮޓޯ: އޭއޭ
ދުނިޔެ 09 Oct 2024 | 06:01

ޣައްޒާ އޮތް ހާލަތަށް ލުބުނާނު ވައްޓާލާނެކަމަށް ބުނެ ނަތަންޔާހޫ އިންޒާރުދީފި

ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީން ހަމަލާދީ، ވައްޓާލާފައިވާ ހާލަތަށް ލުބުނާނުވެސް ވައްޓާލާނެކަމަށް ބުނެ، ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރުދީފިއެވެ.

އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ނަތަންޔާހޫ އިތުރަށް ބުނީ، ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އާއި ނަސްރުﷲ ގެ ފަހުން ލުބުނާނުގެ ވެރިޔާކަމުގެ މަގާމާއި ހަވާލުވާން ހުރި ބޭފުޅާ ވެސް ޔަހޫދީ ފައުޖުން ހަމަލާދީ އަވަހާރަކޮށްލާފައިވާކަމަށެވެ.

ނަތަންޔާހޫ މިހެން ބުނީ، ލުބުނާނުގެ ރައްޔިތުންނަށް އަމާޒުކޮށް އޭނާ އާއްމު ކުރި ވީޑިއޯ މެސެޖެއްގައެވެ.

ނަތަންޔާހޫ މހެން ބުނީ، ލުބުނާނަށް އަރައިގަތުމަށް ޔަހޫދީ ފައުޖުގެ އިތުރު ބަޔަކު ލުބުނާނަށް ގޮސްފައިވަނިކޮށެވެ. އެމީހުން ވަނީ ލުބުނާނުގެ ވެރިރަށް، ބެއިރުތާއި އައްސޭރިފަށާއި ކައިރީގައި އުޅޭ ރައްޔިތުން އެސަރަހައްދު ދޫކޮށް ދިޔުމަށް އަމުރުކޮށްފައެވެ.

މީގެ ކުރިން އިސްރާއީލުގެ ލާއިންސާނީ ސިފައިން ނަސްރުﷲ އަށް ފަހު ހިޒްބުﷲ އާއި ހަވާލުވާން ހުރި ހާޝިމް ސަފިއްދީން އަވަހާރަކޮށްލިކަމަށް ބުނި ނަމަވެސް، ހިޒްބުﷲ ގެ ފަރާތުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޔަހޫދީން މިފަދައިން ވާހަކަތައް ދެއްކިނަމަވެސް، ހިޒްބުﷲ އިން ވަނީ ޔަހޫދީން ގެ ހަމަލާތަކާއި އެކުވެސް އެ ޖަމާއަތް ވަރުގަދަކޮށް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް