ކުނަހަންދޫ ބަނދަރުގައި އަޅާފައި އޮތް ބޯޓެއްގައި ރޯވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ލ. ކުނަހަންދޫ ބަނދަރުގައި އަޅާފައި އޮތް މުދާ އުފުލާ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާން ރޯވެފައިވަނީ 115 ފޫޓުގެ ދިގުމިނުގެ މުދާ އުފުލާ ބޯޓެއްގައެވެ.
ކުނަހަންދޫ ކައުންސިލްގެ މެންބަރު އަހުމަދު އާޒިމް ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާން ރޯވީ ގާތްގަނޑަކަށް މިއަދު 11:00 ގައި ކަމަށެވެ.
އަދި ރޯވި އިރު ދޯނީގައި ބިދޭސީން ތިބި ކަމުގެ މައުލޫމާތު ލިބިލައްވާ ކަމަށާ، ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށުގެ ކައުންސިލާއި، ފުލުހުންނާއި، އެންމެހައި ރައްޔިތުން އެކުގައި ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާއިރު، ދޯނީގެ ދިރުނބާކޮޅު ވަނީ އެއްކޮށް އަނދާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ދޯނީގައި އަލިފާން ރޯވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް