ބިސްކީމިޔާ
ބިސްކީމިޔާ
ލައިފްސްޓައިލް 02 Mar 2025 | 05:48

މިގޮތަށް މަސްދަޅު ބިސްކީމިޔާ ހަދަން އެންމެ މޮޅު ވާނީ ދޮންތަ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބިސްކީމިޔާ އަކީ މަސްދަޅު ލައިގެން އަދި ނުލައި ވެސް މީރުކޮށް ތައްޔާރު ކުރެވޭ އެއްޗެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މަސްދަޅު އަޅަައިގެން ބިސްކީމިޔާ ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ އެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ކެބެޖު (ކުދިކޮށް ތުނިކޮށް ކޮށާފައި)

1 މަސްދަޅު

6 ބިސް (ކައްކައި ކުދިކޮށް ކިޔުބްކޮށް ކޮށާފައި)

1 ފިޔާ (ތުނިކޮށް ކޮށާފައި)

2 ލޮނުމެދު (ކުދިކޮށް ޗޮޕް ކޮށްފައި)

ހިކަނދިފަތް

ގިތެޔޮމިރުސް

1 ސައިސަމުސާ އަސޭމިރުސް

1 ނޫޑްލްސް ސޫޕް ޕެކެޓް

ތެޔޮ

1 1/2 ލާހި ފުށް

ކެއްކި ފެން ލޮނު

ތައްޔާރު ކުރާނެ ގޮތް

1) ފުށްގަނޑު ތައްޔާރު ކުރުމަށް، ފުށް ފުރާނާލުމަށްފަހު، 1 ސައި ސަމުސާ ލޮނު، 1 ބަތް އަޅާ ސަމުސާ ތެޔޮ، އަޅާލުމަށްފަހު، އެކުލަވާލާށެވެ. ދެން ހޫނު ފެން އަޅައިގެން ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ކުދި ގުޅަ ޖަހާލާށެވެ.

2) މަސްގަނޑު ތައްޔާރު ކުރުމަށް، ތަވައެއްގެ ތެރޭގައި، ތެޔޮފޮދެއް ހޫނު ކޮށްލުމަށްފަހު ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ގިތެޔޮ މިރުސް، މީރު ކުރާށެވެ.

3) ރަނގަޅަށް ފިޔާ މީރުވުމުން، ކެބެޖު އަޅާލާށެވެ. ކެބެޖުގެ ރޯފިލައި ކުޑަކޮށް ފްރައިވެލުމުން، މަސްދަޅު އަޅާލައި ރަނގަޅަށް އެކުލަވާލާށެވެ. ދެން ނޫޑްލްސް ސޫޕު އަދި އަސޭމިރުސް އަޅައި, ބިސް ވެސް އަޅާލުމަށްފަހު އެކުލަވާލާށެވެ. މަސްގަނޑު އެހުރީ ތައްޔާރު ވެފައެވެ.

4) ދެން ކޮންމެ ގުޅައަކުން ރޮށި ދަމާށެވެ. ކޮންމެ ރޮށްޓެއްގެ އެއް ކައިރިން މެދަށް ގާތްގަނޑަކަށް ދެ ސައިސަމުސާ މަސްގަނޑު އެޅުމަށް ފަހު، ރޮށީގެ ދެކޮޅު ފަށްޖަހާލުމަށްފަހު އެއްކޮޅުން އަނެއްކޮޅަށް އޮޅާލާށެވެ.

5) ކީމިޔާގެ ކޮޅުތައް ނުހުޅުވޭނެހެން ތަތްކުރުމަށްޓަކައި ކުޑަ ފެންފޮދެއް ބޭނުން ކުރާށެވެ. އެއަށް ފަހު ތެލުލާނީ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...