ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝުޖޫނާއި އަޒްމިރަލްދާގެ ނަން ހުށައަޅައިފި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އަލްެއުސްތާޛާ އައިޝާ ޝުޖޫން އަދި ޑރ.އަޒްމިރަލްދާ ޒާހިރުގެ ނަން ހުށައަޅައިފިއެވެ.
މި ދެބޭފުޅުން އެމަގާމަށް އައްޔަންކުރުމާއި މެދު ލަފަޔަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖޭއެސްސީގެ އަރިހުން އެދިފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ މަތީ ކޯޓެއްގެ ފަނޑިޔާރުކަމަށް އަންހެނުން އައްޔަންކުރުމަށް ނިންމި ފުރަތަމަ ފަހަރެވެ.
އަލްއުސްތާޛާ އައިޝާ ޝުޖޫން ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އަދާކުރައްވާފައެވެ. މިހާރު އެކަމަނާ އަކީ ބާ ކައުންސިލްގެ މެންބަރެކެވެ. އަދި ޝުޖޫން ވަނީ ރާއްޖޭގެ ފުރަތަަމަ އަންހެން ގާޟީންގެ ތެރެއިން ހިމެނޭ ފަރާާތެކެވެ.
ޑރ.އަޒްމިރަލްދާ ޒާހިރަކީ މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަޒްމިރަލްދާއަކީ ރާއްޖޭގެ މަތީ ކޯޓަކަށް ފުރަތަމަ އައްޔަންކުރެވުނު އަންހެން ފަަނޑިޔާރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް