އިންޑިޔާގެ ސްކޫލެއްގައި ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
އިންޑިޔާގެ ސްކޫލެއްގައި ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ތިން އަހަރުގެ މި ކުއްޖާއަށް ޖިންސީ ގޯނާކުރި މި މައްސަަލަ ފެންމަތިވެފައިވަނީ އެކުއްޖާގެ ބައްޕަގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށައެޅުމުންނެވެ.
އިންޑިޔާގެ ގޯރެގާއޮން އަވަށުގައި މި ހާދިސާ ހިނގާފައިވަނީ އެކުއްޖާ ތައުލީމް ހާސިލްކުރަމުންދިޔަ ސްކޫލްގައިކަމުގައިވެއެވެ.
މި ކުއްޖާއަށް ސްކޫލްގެ ފާހަނައިގައި ޖިންސީ ގޯނާކޮށްފައިވަނީ އެ ސްކޫލްގެ އާދައިގެ މުވައްޒަފެއްކަމުގައިވެއެވެ. އިންޑިޔާގެ ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް