N/A
N/A
ހަބަރު 03 Apr 2019 | 12:45

ނަޝީދު ވިދާޅުވިގޮތަށް ތޮއްޑޫގައި ހައްދާ ފަޅޯ ޔޫރަޕަށް އެކްސްޕޯޓު ކުރެވޭނެތަ ؟

އއ ތޮއްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ވަރަށް މޮޅު ވާހަކަފުޅެއް ވިދާޅުވިއެވެ. އެއީ އެރަށުގައި ހައްދާ ފަޅޯ، ދަޅު ބަންދުކޮށް ޔޫރަޕަށް އެކްސްޕޯޓު ކުރާވާހަކައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ރަށަށް އަންނަ ގެސްޓުންނަށްވެސް އެ ރަށުގައި ހައްދާ ފަޅޯވަރަށް މީރެވެ. އަދި ފަޅޯ މާލޭ ބާޒާރަށް ނުފޮނުވައި ޔޫރަޕުގެ ބާޒާރަށް ފޮނުވާށޭ ވެސް ގެސްޓުން ބުނާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު އެ ވާހަކަ ވިދާޅުވުމުން ޖަލްސާ ބަލަން ގޮސް ތިބިމީހުން އުފަޅުން އަތްޖެހިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ފަޅޯ އެކްސްޕޯޓު ކުރެވެން އޮތީ އެކަމަކު އެމްޑީޕީއަށް މަޖިލީސް މެޖޯރިޓީ ދީގެންނެވެ. އެ ނޫންގޮތަކަށް އެކަން ވާކަށް ނެތެވެ.

ފަޅޯ އެކްސްޕޯޓު ކުރާނަމޭ ބުނީމަ އަޑު އަހާލަން ފަސޭހައެވެ. މަސް ވެސް އެކްސް ޕޯޓު ކުރަނީ ވިއްޔާއެވެ. ފަޅޯ ނުކުރެވެންވީ ކީއްވެހެއްޔެވެ؟

ފުރަތަމަ ކަމަކަށް އެއްވެސް އެއްޗެއް ފައިދާ ހުރި މިންވަރަކަށް އެކްސްޕޯޓު ކުރެވޭނީ އެ ގިނަ އަދަދަކަށް އުފެއްދިގެންނެވެ. އޭގެ ބޭނުމަކީ އުފައްދަން ކުރާ ޙަރަދު ވީހާވެސް ކުޑަ ކުރުމެވެ. މިސާލަކަށް 1000 ރުފިޔާ ޙަރަދު ކޮށްގެން 1000 ފަޅޯ ހެއްދޭނަމަ ޙަރަދުވަރަށް ވެސް ކުޑަވެއެވެ. ދުރު ގައުމަކަށް ދަޅުގައި ބަންދުކޮށް އެކްސްޕޯޓު ކުރެވޭނީ އުފައްދަން ކުރާ ޙަރަދު ވަރަށް ބޮޑުތަން ކުޑަ ކުރެވިގެންނެވެ. އެކަން ކުރެވޭނީ ވީހާވެސް ގިނައިން އުފެއްދިގެންނެވެ. އެކަމަށް އިނގިރޭސި ބަހުން ކިޔަނީ އެކޮނޮމީސް އޮފް ސްކޭލްއެވެ.

ތޮއްޑޫގައި މިހާރު ފަޅޯ ހެއްދޭވަރާއި ތޮއްޑޫގެ ބިމުގެ ސައިޒަށް ބަލާއިރު، މި އަދަދަށް ފަޅޯ އެއް ނެހެއްދޭނެއެވެ. މުޅި ތޮއްޑޫގެ ދަނޑުބިންތަކުގައި ހަމައެކަނި ފަޅޯ ހައްދައިގެންވެސް އެ އަދަކަށް ފަޅޯ ނެހެއްދޭނެއެވެ. އަދި އެގޮތަށް އެކަންކޮށްފިނަމަ ދެން ހައްދާ އެހެނިހެން ބާވަތްތަށް ހައްދާނެ ބިމެއް ނުހުންނާނެއެވެ. މިސާލަކަށް ކަރާ އަދި ބަރަބޯ ފަދަ މޭވަތަކެވެ.

ރާއްޖެއިން ފަޅޯ ޔޫރަޕަށް ބޭރުކުރާނަމަ، ވާދަ ކުރަން މިޖެހެނީ ބްރެޒިލް، އަދި އިންޑިޔާ ފަދަ ޤައުމުތަކާއެވެ. މިހާރު ޔޫރަޕަށް އެންމެ ގިނައިން ފަޅޯ އެތެރެ ކުރަނީ ބްރެޒިލް އިންނެވެ. ބްރެޒިލް އަކީ މުޅި ދުނިޔޭގަވެސް ދެވަނައަށް އެންމެ ގިނައިން ފަޅޯ އުފައްދާ ގައުމެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ފަޅޯ އިމްޕޯޓު ކުރަނީ ޖަރުމަނާއި ނެދަރލޭންޑްސް އިންނެވެ. މި ދެ ގައުމަށް އެތެރެ ކުރާ ހުރިހާ ފަޅޮލެއް އެތެރެ ކުރަނީ ބްރެޒިލްއިންނެވެ. މިގޮތަށް އެތެރެ ކުރާ ފަޅޯ ޔޫރަޕާއި އަދި އެހެނިހެން ބައެއް ގައުމުތަކަށް އަލު އެކްސްޕޯޓުވެސް ކުރެއެވެ. މިގޮތުން ޔޫރަޕުން ދިވެހިރާއްޖެއަށްވެސް ކޮންމެވެސް ވަރަކަށް އެކްސްޕޯޓުކުރެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަށް ދައްކާގޮތުން ރާއްޖެއަކީ ގިނަ އަދަދަކަށް ފަޅޯ އިމްޕޯޓު ކުރާ ގައުމެކެވެ. މިގޮތުން އެންމެގިނައިން އިމްޕޯޓު ކުރަނީ ލަންކާއިންނެވެ. ދެވަނައަށް ތައިލޭންޑުން އަދި ތިންވަނައަށް އިންޑިޔާއިންނެވެ. އަހަރެއްގެ ތެރޭގައި ރާއްޖެއަށް ޖުމްލަ ގޮތެއްގައި 200 ވަރަކަށް ޓަނު އެތެރެކުރެއެވެ. އެހާވަރަށް އެތެރެ ކުރާ ސަބަބަކީ ރާއްޖޭގައި އެ ހާވަރަށް ފަޅޯ ހެއްދޭނެ ގާބިލުކަން ނެތީމައެވެ. އަމިއްލަ ގައުމަށް ބޭނުންވާވަރަށްވެސް ނު އުފެއްދޭ އެއްޗެއް ޔޫރަޕަށް އެކްސްޕޯޓު ކުރާނަމޭ ބުނީމަ ޤަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ ؟

ބިމުގެ ދަތިކަމުގެ އިތުރަށް ދެން ރާއްޖެއަށް ކުރިމަތިވާނެ ދައްޗަކީ ދަނޑުވެރިކަން ކުރާނެ މީހުން ހޯދުމުގެ ދައްޗެވެ. ދަނޑުވެރިކަމަކީ އޭގެ ޒާތުގައި އިނގިރޭސި ބަހުން ބުނާނަމަ "ލޭބަރ އިންޓެންސިވެ" މަސައްކަތެކެވެ. އޭގެ މާނައަކީ އެންމެ ބޮޑު ޙަރަދެއް ހިނގާނީ މަސައްކަތް ކުރާ މީހުންނަށެވެ. މިފަދަ މަސައްކަތް މިހާރު ރާއްޖޭގައި ކުރުވަނީ ކުޑަ މުސާރައެއްދީ ބިދޭސީ މަސައްކަތްތެރިންލައްވައެވެ. ދަނޑުވެރިކަން މިހާރުވެސް ކޮންމެވެސް ވަރަކަށް ރާއްޖޭގައި ކުރެވެނީ މިފަދައިން ކުޑަ އުޖޫރައަށް މަސައްކަތް ކުރާނެ ބިދޭސީން ލިބޭތީއެވެ. ދިވެހިން މި މަސައްކަތުގައި ނޫޅޭ ވާހަކައެއް ނޫނެވެ. ނަމަވަސް ދަނޑުވެރިކަން ކުރުމުގައި މައިގަނޑުގޮތެއްގައި މިހާރު ހަރަކާތްތެރިވަނީ ބިދޭސީންނެވެ. އެމްޑީޕީގެ އެޖެންޑާ19 ވައުދުނާމަ ބުނާގޮތުން، އެމްޑީޕީގެ އަމާޒަކީ ބިދޭސީންގެ މުސާރަވެސް މަތިކުރުމެވެ. އޭގެ މާނައަކީ އެންމެ އާދައިގެ މަސަތްކަތު މީހާއަށްވެސް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ޤާނޫނަކުން ކަނޑައެޅޭނެއެވެ. މިހެންވެއްޖެނަމަ އަނެއްކާވެސް މަސައްކަތުގެ އަގު (ލޭބަރ ކޮސްޓް) އުފުލޭނެއެވެ. އޭގެ ނަތީޖާއަކަށް ވާނީ، ދަނޑުވެރިކަން ފަދަ ލޭބަރ އިންޓެންސިވް ދާއިރާތަކާއި ކުދި ވިޔަފާރިތަށް ފުނޑިގެންދިއުމެވެ. މިހެންކަމުން ފަޅޯ ހައްދާ ވައުދާއި، އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ވައުދާއި ފުށޫވެސް އެބައަރައެވެ.

ކުރުކޮށް ބުނަނީނަމަ، ރާއްޖެއިން ބޭރަށް ފަޅޯ އެކްސްޕޯޓު ކުރަން، ފަޅޯ ހައްދަން ބޭނުންވާ ބިން، އަދި މަސަތްކަތު މީހުންނެއްވެސް ރާއްޖެއަކު ނެތެވެ. ރައީސް ނަޝީދަށް މިކަން ނޭނގެނީކަމެއް ނޫނީ ގަސްދުގައި އޮޅުވާލަނީ ކަމެއް ނޭނގެއެވެ. އެކަމަކު އިޤްތިސާދީ ނަޒަރަކުން ވިސްނާނަމަ ޔޫރަޕަށް ފަޅޯ އެކްސްޕޯޓު ކުރުމަކީ ކުރެވޭނެކަމެއްނޫނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...