ރައީސް ނަޝީދު މާދަމާ މެންދުރުފަހު މާލެއަށް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށްފަހު، މާދަމާގެ މެންދުރުފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ވޮއިސް.އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ ސްރީލަންކަން އެއަރލައިންސްގެ ފްލައިޓް ޔޫއެލް 115އިންނެވެ. އެމަނިކުފާނުގެ އަރިހުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ސްރީލަންކާގައި އަރުވާާލެވިގެން ތިބި އިދިކޮޅުގެ ގިނަ ފަރާތްތައް ވަޑައިގަންނަވާނެއެވެ.
ލަންކާ މަގުން އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާއިރު، އިއްޔެގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ 13އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން މަޑުޖެއްސުމަށް އަމުރުކޮށް، އެމަނިކުފާނާއި މެދު އިތުރު ފިޔަވަޅެއް ނޭޅުމަށްވެސް އަމުރުކޮށްފައެވެ.
ގިނަ އަހަރުތަކަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާ ހިނދު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ވަނީ މާލޭގައި ގިނަ ހަރަކާތްތަކެއް ރާވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް