ރައީސް ނަޝީދު އަދާލަތު ޕާޓީގެ އޮފީހަށް ޒިޔާރަތްކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިއަދު ހެނދުނުގެ ވަގުތެއްގަައި އަދާލަތު ޕާޓީގެ އޮފީހަށް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް ނަޝީދު އަދާލަތު ޕާޓީގެ އޮފީހަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެ ޕާޓީގެ ރައީސް، އައްޝައިޚް އިމްރާން އަބްދުﷲ އަދި އެ ޕާޓީގެ އެހެނިހެން އިސްވެރިންނެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީއާއި އެކު އިއްތިހާދުވެ މަސައްކަތްކުރަން ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާކަމަށާއި، އެމްޑީޕީގެ މަދު ކިތަންމެ ކަމެއް އަދާލަތު ޕާޓީގެ ފަރާތުން ލިބޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މަދު ކިތަންމެ ކަމެއް ތިބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ. އަދި ކިތަންމެ ތަޖުރިބާއެއް ވެސް ނަސޭހަތެއް ވެސް މަޝްވަރާއެއް ވެސް އަޅުގަނޑުމެންނަށް ލިބޭ"، ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ އަދާލަތު ޕާޓީގެ މަސައްކަތް ފެށިގެންދިޔައީ އެމްޑީޕީއާއި އެކު އެކީގައިކަން ފާހަގަކުރައްވާފައެވެ. އަދި ވޭތުވެ ދިޔަ ތިން އަހަރެއްހާ ދުވަހު އަދާލަތު ޕާޓީއާއެކު ކުރެވުނު މަސައްކަތުގެ ފޮނި ނަތީޖާއަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް