އިންޓަ މިލާނާއި އަލް އިއްތިހާދު ވާދަކުރި މެޗުގެ ތެރެއިން
އިންޓަ މިލާނާއި އަލް އިއްތިހާދު ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު 07 Aug 2024 | 21:48

އަލް އިއްތިހާދުން އިޓަލީގެ ޗެންޕިއަން އިންޓަމިލާން ބަލިކޮށްފި

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް އިއްތިހާދުން އިޓަލީގެ ޗެންޕިއަން އިންޓަ މިލާން 2-0 ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.

އިޓަލީގައި ކުޅުނު މިމެޗުގައި ދެޓީމުން ވެސް ނެރެފައިވަނީ އެންމެ ވަރުގަދަ އެގާރައެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިންޓަ މިލާނުން މެޗު ޑޮމިނެޓް ކުރި ނަމަވެސް އަލް އިއްތިހާދުން ވަނީ ކައުންޓާ އެޓޭކުތަކުގައި އިންޓަ މިލާނުގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ.

އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި އިއްތިހާދުން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުގެ ފުރާންސް ފޯވާޑް މޫސާ ޑިއާބީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އަލް އިއްތިހާދުންނެވެ. ނަތީޖައެއްގެ ގޮތުން ދެވަނަ ހާފު ފެށިފެން ދެވަނަ މިނެޓުގައި ޑިއާބީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިއީ މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގުގެ އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 25 އަހަރުގެ ފޯވާޑް އެންމެ ފަހުން ކުޅުނު ދެމެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މި ލަނޑަށްފަހު އިންޓަ މިލާނުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަމަވެސް، އެޓީމުގެ އެޓޭކުތައް ހުއްޓުވުމުގައި، އަލް އިއްތިހާދުން ވަނީ ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ.

ސައުދީ ޕްރޮފެޝަނަލް ލީގުގެ ކުޅުން މިމަހުގެ 24 ވަނަ ދުވަހު ފަށާއިރު، އިޓާލިއަން ސެރިއޭގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން މިމަހުގެ އެގާރަ ވަނަ ދުވަހުގެ ރޭ ޕްރެމިއާ ލީގުގެ ޗެލްސީ އާއެކު އިންޓަ މިލާނުން އިތުރު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރޮނާލްޑޯ އާއި ކޯމަންގެ ލަނޑުތަކާއެކު އަލް ނަސްރުން އަލް އަހްލީ ބަލިކޮށްފި
30 Apr 2026 ކުޅިވަރު

ރޮނާލްޑޯ އާއި ކޯމަންގެ ލަނޑުތަކާއެކު އަލް ނަސްރުން އަލް އަހްލީ ބަލިކޮށްފި

ސައުދީ ޕްރޯ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ރޮނާލްޑޯ އާއި ކޯމަންގެ ލަނޑުތަކާއެކު އަލް އަހްލީގެ މައްޗަށް 0-2 ގެ ނަތީޖާއަކުން އަލް ނަސްރުން ކުރިހޯދައިފިއެވެ. އަލްއައްވަލް ޕާކްގައި ކުޅުނު މި މެޗުން ...

ސައުދީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ފެލިކްސް ތަފާތު ދައްކައިފި
30 Aug 2025 ކުޅިވަރު

ސައުދީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ފެލިކްސް ތަފާތު ދައްކައިފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި އަލް ނަސްރުން ކުޅުނު ފުރަތަމަ މެޗުގައި، އެޓީމާއި އަލަށް ގުޅުނު ޕޯޗުގަލްގެ ހުނަރުވެރި ފޯވާޑް ޖޮއާއު ފެލިކްސް މޮޅު ކުޅުމާއެކު އަލް ތާވޮން ...

ކުލަބު ވޯލްޑްކަޕް: ފްލޫމިނެންސް އަތުން ބަލިވެ ޔޫރަޕްގެ ރަނަރަޕް އިންޓަ މިލާން މުބާރާތުން ކަޓައިފި
30 Jun 2025 ކުޅިވަރު

ކުލަބު ވޯލްޑްކަޕް: ފްލޫމިނެންސް އަތުން ބަލިވެ ޔޫރަޕްގެ ރަނަރަޕް އިންޓަ މިލާން މުބާރާތުން ކަޓައިފި

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ބްރެޒިލްގެ ފްލޫމިނެންސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ، އެންމެ ފަހުގެ ޔުއެފާ ޗެންޕިއަންސް ލީގު ރަނަރަޕ...

ކުލަބު ވޯލްޑްކަޕް: ކާބޯނީ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އިންޓަ މިލާނުން އުރަވާ ރެޑްސް ބަލިކޮށްފި
21 Jun 2025 ކުޅިވަރު

ކުލަބު ވޯލްޑްކަޕް: ކާބޯނީ ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު އިންޓަ މިލާނުން އުރަވާ ރެޑްސް ބަލިކޮށްފި

އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި މިރޭ ކުޅުނު ފުރަތަަމަ މެޗުގައި އުރަވާ ރެޑްސް އިން ލަނޑެއް ކާމިޔާބުކޮށް ލީޑުހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނ...

ރަށުން ބޭރުގައި ޑަމަކް ބަލިކޮށް އަލް ނަސްރުން ފަރަގު ކުޑަކޮށްފި
23 Apr 2025 ކުޅިވަރު

ރަށުން ބޭރުގައި ޑަމަކް ބަލިކޮށް އަލް ނަސްރުން ފަރަގު ކުޑަކޮށްފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ޑަމަކް ބަލިކޮށް އަލް ނަސްރުން އެއްވަނައިގައި އޮތް އަލް އިއްތިހާދާއި ދެމެދުގައިވާ ފަރަގު އަށް ޕޮއިންޓަށް ކުޑަކޮށްފި...

އަލް އިއްތިފާގު އަތުން މޮޅުވެ އަލް އިއްތިހާދުން 6 ޕޮއިންޓަށް ލީޑު ފުޅާކޮށްފި
22 Apr 2025 ކުޅިވަރު

އަލް އިއްތިފާގު އަތުން މޮޅުވެ އަލް އިއްތިހާދުން 6 ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން އަލް އިއްތިފާގު ބަލިކޮށް އަލް އިއްތިހާދުން ލީގު ތާވަލުގެ ކުރީގައި ހަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ. ލީގުގައި އަލް ...