ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިފުރާ ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފް (އިފުރާ) މިރޭ ނިޔާވެއްޖެ އެވެ.
އިފްރާ ނިޔާވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދޭން ފެށީ ސްޓްރޯކެއް ޖެހިގެންނެވެ. ސްޓްރޯކް ޖެހުނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭގެ ފަހުން އޮތީ ކޯމާއެއްގަ އެވެ.
ރާއްޖޭގައި އުފެދުނު މޮޅެތި ގޯލްކީޕަރުންގެ ތެރޭގައިވެސް ހިމެނޭ އިފްރާ އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ދިވެހި ގައުމީ ޓީމް ހޯދިިއިރު އެ ޓީމުގައި ވެސް ހިމެނުނު ކުޅުންތެރި އެކެވެ.
އިފްރާގެ އެންމެ ކާމިޔާބު ދުވަސްތަކުގައި އޭނާ ވަނީ ގިނަ ކުލަބުތަކަށް މޮޅު ކުޅުމެއް ކުޅެދީފަ އެވެ. އެ ގޮތުން ނިއުރޭޑިއަންޓާއި ވިކްޓްރީއާ ވެލެންސިއާގެ ގޯލް ބަލަހައްޓާދީ އެ ޓީމުތަކާއެކު ކާމިޔާބީތަކެއް ހޯދާދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް